ހުވަފެން ހަގީގަތަށް ހެދުމަށް ވަކި އުމުރެއް ނޯވެއެވެ. ކޮންމެ އުމުރެއްގެ މީހަކަށްވެސް އެ މީހަކު ބޭނުންވާ ހިސާބަށް ދިއުމަށް ނުވަތަ އެ މީހަކު ބޭނުންވާ ލެވެލްއަކަށް ދިއުމަށް މަސައްކަތް ކުރެވިދާނެއެވެ. އެކަން ސާބިތުކޮށްދިން މީހުންގެ ތެރޭގައި އުމުރުން 85 އަހަރުގެ ފަލަސްތީނަށް ނިސްބަތްވާ މި މާމަ ހިމެނޭނެެވެ.
ޖިހާދް ބަތޫ ނަމަކަށް ކިޔާ މި މާމަ މި ވަނީ އިސްލާމް މާއްދާއިން ޑިގްރީ ހަދައި، ސެޓްފިކެޓްވެސް ހޯދާފައެވެ. އޭނާ ކިޔަވާފައި ވަނީ ކޮލެޖް އޮފް ޝަރީއާއިންނެވެ. އޭނާ ވެފައި ވަނީ އެ ކޮލެޖުން ކިޔަވާ ނިންމާލި އެންމެ ދޮށީ އުމުރުގެ މީހާއަށެވެ.
1936 ވަނަ އަހަރު ވެސްޓް ބޭންކް ސިޓީ ނަބްލުސްއަށް އުފަންވި ޖިހާދް ކިޔަވަމުން ފުރަތަމަ ގޮސްފައި ވަނީ އަލް މުޖާދިލްގައި ހުންނަ ސްކޫލަކުންނެވެ. އެހެން ނަމަވެސް އެ މީހުން ދިިރިއުޅެމުންދިޔަ ސަރަހައްދަށް ބަޔަކު އަތްގަދަކޮށް، ގެތަކުން މީހުން ނެރެ 1948 ވަނަ އަހަރު ހިންގި ލާއިންސަނީ އަމަލުތަކުގެ ސަބަބުން ޖިހާދް އަށް ކިޔަވަން ފުރުސަތު ނުލިބުނެވެ. އަދި އޭގެ ފަހުން މަންމަ ވަރަށް ބޮޑަށް ބަލިވުމާއެކު ސްކޫލަށް ދިއުން އެއްކޮށް މެދުކެނޑުނެވެ.
އަދި 1954 ވަނަ އަހަރު ޖިހާދް ކައިވެނިކޮށް ފަސް ދަރިން އޭނާއަށް ލިބުނެވެ. ނަމަވެސް އޭނާއަށް ކިޔެވުމަށް އޮތް ޝައުގުވެރިކަން ނުގެއްލެއެވެ. އޭގެ ފަހުންވެސް އެތައް ކޯހެއްގައި އޭނާ ބައިވެރިވިއެވެ. އަރަބިކް، އިނގިރޭސި އަދި ހެބްރެވް އާއި ހިސާބުންވެސް ކޯސްހެދިއެވެ.
އަދި އުމުރުން 81 އަހަރުގައި އޭނާ ނިންމީ ކޮލެޖަށް ގޮސް ޔުނިވަސިޓީ ޑިގްރީއެއް ނަގައި، ތޮތްޕާއި ގައުންވެސް ލުމަށެވެ.
އޭނާ އެކަން ކޮށްފިއެވެ. އަދި މުޅި އާއިލާ އޭނާއަށްޓަކައި ފަހުރުވެރިވެއެވެ.
ގަދަ މާމައެއް..ތިކުރި ހިތްވަރަށް ސާބަސް!!
މަހީކުރީ ރާއްޖެ މާމައެއް ކަމަށް.. ދިވެއްސަކާ ވައްތަރީ.. ހަސަނުބެ އިނދެގެން އުޅޭ ސަންފައްތައާއި ވަރަށް ވައްތަރު..
އުނގެނުން ހުއްޓާލައިފި ކޮންމެ މީހަކީ، އެމީހެއްގެ ޢުމުރު ކިތަންމެ ހަގު ކަމުގައި ވިޔަސް މުސްކުޅިއެއް.