ކޮވިޑް-19 ގެ ސަބަބުން އޮސްޓްރޭލިއާގެ ފުރަބަންދު އިއުލާން ކޮށްފައިވާ އިރު އެ ގައުމުގެ މަގުތަކަށް ކެންގަރޫތައް ނުކުމެ ރަސްކަން ކުރަން ފަށައިފިއެވެ.

ކެންގަރޫގެ ބޮޑު އާބާދީ އެއް އޮންނަ އޮސްޓްރޭލިޔާގެ މަގުތައް މަތީގައި އެސޮރުމެން މިނިވަންކަމާއި އެކީ ދުވެ އުޅޭ މަންޒަރުގެ ފޮޓޯތައް މީސްމީޑިޔާގައި ދައުރުވަމުންދާއިރު މިއީ މަދުން ނޫނީ ކެންގަރޫސްތަކަށް މަގުތަކުގައި މިގޮތަށް އުޅެން ލިބޭނެ ފުރުސަތެއް ނޫނެވެ.

ކެންބަރާގެ މަގުމަތީގައި ކެންގަރޫސްތައް ފުންމަމުން މަޖާކުރަމުންދާ އިރު މަގުމަތިން އެއްވެސް އިންސާނަކު ފެންނާކަށް ނެތެވެ. މި ވީޑިޔޯ ޓިކްޓޮކް އަށް ލާފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން މި ވީޑިއޯ އަށް ދަނީ ލިބެމުންނެވެ.

އާންމު ދުވަސްތަކުގައި ކާރޫބާރޫބޮޑު މި މަގުތައް މިހާރު ހުސްކޮށް އޮތް އިރު ކެންގަރޫތައް މިފަދަ ގޮތަކަށް ނުކުތް މިއީ ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކުރެވެއެވެ. މީގެ ކުރީގައިވެސް މީހުން މަދު ގަޑިތަކުގައި ކެންގަރޫސްތައް މަގުތަކުގައި އުޅޭއިރު ބައެއް ފަހަރު ދުއްވާފައިދާ އުޅަނދުތަކުގައި ޖެހި ކެންގަރޫތަކަށް ވަރަށް އަނިޔާވާ ހާލަތްތައްވެސް އާދެއެވެ.

އޮސްޓްރޭލިޔާގައި ކެންގަރޫތަކަކީ ހިމާޔަތް ކޮށްފައިވާ ޖަނަވާރު ތަކެކެވެ. ބޮޑު ޖަންގަލިތައް އޮންނަ އެ ގައުމުގައި ކެންގަރޫތައް މަގުތައް ހުރަސް ކުރަން އުޅުމުގެ ތެރޭގައިވެސް މަރުވާތަން ފެނެއެވެ.

ހިމާޔަތް ކޮށްފައިވާ ޖަނަވާރަކަށް ވުމުން މި ކަންގަރޫތަކަށް އަނިޔާ ކުރުން ވަރަށް މަދެވެ. އަދި ކެންގަރޫތައް ބަލަން ބޭނުންވާ ފަރާތްތަކުން އެސޮރުމެން ބަލަނީ އެތައް މީޓަރު ދުރުގައި ތިބެގެންނެވެ. އެއީ އެސޮރުމެންނަށާއި އިންސާނުންނަށްވެސް އެންމެ ރައްކާތެރި ގޮތައް އެކަން ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އުފާކުރާންވީ