އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތް (ދޭއް) އަށް ފިނިހަކަ ކާން ދިނުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ގަނޑުވަރުގެ ބަދިގެ އަށް ސިޓީއެއް ފޮނުވައިފިއެވެ.

ރާނީ އެލިޒެބަތަށް ފިނިހަކަ ކާން ދީފައި ވަނީ އެކަމަނާ އަށް ކާން ތައްޔާރުކޮށްފައި ހުރި ސެލެޑްގެ ތެރެއަށް އަޅައިގެންނެވެ. ޝާހީ އާއިލާގެ ކުރީގެ ހިދުމަތްތެރިއެއް ބުނެފައިވާ ގޮތުން މި ހާދިސާ އާއި ގުޅިގެން ރާނީވަނީ ވަރަށް ބޮޑަށް ކޯފާވެ ބަދިގެއަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

ގަނޑުވަރުގައި ކުރިން ހިދުމަތް ކުރައްވަން އުޅުނު މީހެއް ކަމަށްވާ ޗާލްސް އޮލީވިޔާ ބުނީ ރާނީ އެލިޒެބަތްގެ ސެލެޑްގެ ތެރެއިން ފެނިފައި ވަނީ މަރުވެފައިވާ ފިނިހަކަ އެއް ކަމަށެވެ. އަދި ފިނިހަކަ ފެނުމާއި އެކު ވަގުތުން ބަދިގެ އަށް އެކަން އަންގާފައިވާ ކަމަށެވެ.

ބަދިގެ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެކަމަނާގެ ކާއެއްޗެހީގެ ތެރެއިން މަރުވެފައި އޮތް ފިނިހަކަ އެއް ފެނިފައިވާ ކަމަށެވެ. އަދި އެ ކާއެއްޗެހި ކައިފާނަންތޯ އެކަމަނާ ވަނީ ސުވާލު ވެސް ކުރައްވާފައެވެ.

އިނގިރޭސިވިލާތުގެ އެންމެ ގަދަރުވެތި އަދި އެގައުމުގެ ތަހުތާއި ހަވާލުވެގެންހުރި އިސް ބޭކަނބަލަށް ފިނިހަކަ ދިން މައްސަލަ އެގައުމުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެއެވެ.

އެލިޒެބަތް އާއި މިހާރު އަވަހާރަވެފައިވާ އެކަމަނާގެ ފިރިކަލުން ކެއުން ބައްލަވާއިރު، އަބަދުވެސް ނޯޓްޕެޑެއް ކުރިމަތީގައި ބަހައްޓާފައި ހުންނަ ކަމަށް ވެއެވެ. އެއީ ކާއެއްޗެއް ކަމުނުގޮއްސިނަމަ އެކަން ވަގުތުން ވަގުތައް ބަދިގެ އަށް އެންގުމަށް ޓަކައިއެވެ.

ރާނީ އަކީ ސިއްހަތަށް ވަރަށް ބޮޑަށް ބައްލަވައިގެން ފަރިއްކުޅުއްވާ ބޭކަނބަލެކެވެ. އެކަމަނާ އަކީ ރާނީ ވިކްޓޯރިޔާ އަށްފަހު އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަހަށް ހުންނެވި ރާނީކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިނިހަކަ

    ރޯޔަލް ފިނިހަކައެއް ދޯ...ރަގަޅައް ކައްކާ ތިހެދީ

    14
    2
  2. ޖުލައި

    މަރުވީމަ ކާން ޖެހޭނީ ޒައްގޫމް

    5
    1
  3. ޝަފީގު

    ރާނީކާންވީ ރަނާއި ރިއްސާއި ޖަވާހިރު. އޭރުން އުމުރު އޮންނާނީ ނިކަން ދިގުކޮއް.

    3
    1