އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާން ބީޖޭޕީއާ ގުޅިއްޖެ ނަމަ "ޑްރަގްސް ހަކުރަށް" ވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ފުޑް އެންޑް ސިވިލް ސުޕްޕްލް ޗަގާން ބުޖްބާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވެފައި ވަނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ ދަރިފުޅު އާރްޔާން ޚާން ހައްޔަރުކުރި މައްސަލައާ ގުޅިގެން ފާޑުކިޔަމުންނެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ގުޖުރާތުގެ މުންޑްރާ ޕޯޓުން މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓެއް އަތުލައިގެންފައިވީ ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުގެ ބަދަލުގައި ސެންޓްރަލް އޭޖެންސީއެއް ކަމަށްވާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ން ދަނީ ޚާން އަށް ފުރައްސާރަ ކުރަމުންނެވެ.

"ޝާހް ރުކް ޚާން ބީޖޭޕީއާ ގުޅިއްޖެ ނަމަ ޑްރަގްސް ޝުގަރ ޕައުޑަރަކަށް ވެގެންދާނެ،" އެންސީޕީގެ އިސް ލީޑަރާ ހަވާލާދީ ނިއުސް އެޖެންސީ ޕީޓީއައި އިން ރިޕޯޓްކޮށްފައިވެއެވެ.

އޭނާ މިގޮތަށް ވިދާޅުވެފައިވާއިރު، އޭނާގެ ވާހަކަތަކުން އެނގެނީ ދަރިފުޅު ސަލާމަތް ކުރުމަށް ޝާހްރުކް ހާންއަށް ބީޖޭޕީއަށް ސޮއިކުރުން ނޫން ގޮތެެއް ނެތް ކަމެވެ.

ސްޓޭޓް މައިނޯރިޓީ އެފެއާޒް މިނިސްޓަރުކަން ކުރައްވާ މާލިކް ގެންދަވަނީ އެ މަސްތުވާތަކެތީގެ ކަންކަން ފަޅާއަރުވާލުމުގައި އެންސީބީގެ އިސްކޮށް އުޅުއްވި ވަންޚެޑޭއަށް ތުހުމަތު ތަކެއް އަމާޒު ކުރައްވަމުންނެވެ.

އެކަންކަންމަށް ރިއާޔަތްކޮށް ބީޖޭޕީގެ ޗީފް ޗަންދްރަކާންތު ޕާޓިލް ވިދާޅުވީ، އެންސީޕީގެ ލީޑަރު ނަވާބް މާލިކް ހިމެނޭ ގޮތަށް ސިޔާސީ ފަރާތްތަކަށް ކަންކަން އިހުސާސް ކުރެވޭ ގޮތަށް ފިޔަވަޅުތައް ޖެހޭ ކަމަށެވެ.

ވަންޚިޑޭއަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ވަޒީފާ ގެއްލޭނެ ކަމަށް މާލިކް ވިދާޅުވެފައި ވެއެވެ.

އެކަމާއި ސުވާލު ކުރުމުން ޕާޓިލް ވިދާޅުވީ ސެންޓްރަލް އޭޖެންސީގެ އޮފިސަރަކާއި ދެކޮޅަށް އޭނާ ދެއްކި ވާހަކައިގެ ސަބަބުން ނަތީޖާތަކެއް ނުކުމެދާނެ ކަމަށެވެ. އަދި މި ނަތީޖާތަކަކީ ކޮބައިކަން ދެއްކުމަށް ވަންޚިޑޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކިނބޫ

    އެމްޑީޕީ އަށް ސޮއި ކޮށްލިޔަސް ތިކަން ވާނެ.

    13
    3
    • ރާގޮޑިރާޖަ

      ތިކަންވާނީ ބޮޑުވަގު ދޫކޮއްލީމަ.

    • ޢަހޫ

      މިފެންނަނީ ވަގުންގެ ބަނޑަށް ވައިއަރާފަހުރި ވަރު.

  2. މުރާދު

    މިއީ އިންސާފްކަމެއްތޯ ނަމަވެސް ދުނިޔޭގެ ޑިމޮކްރަސީގެ ނަމޫނާގައުމެއްކަމަށް ދެކިލައްވާ ފަރާތް
    ތަކެއް ދިވެހިރާއްޖޭގައިވެސް ތިބޭ އަމިއްލަޕާޓީންވެސް މިގޮތަށް ކަންތައްކުރާނަމަ ގައުމުގައި އިސްސާފް ގާއިމްވާނެތޯ

    5
    1