އިނގިރޭސި ވިލާތުގައި ސާރިދޯޅެއްގެ ދަތެއް ނައްޓަން އެއް ގަޑިއިރުގެ އޮޕަރޭޝަނެއްކޮށްފިއެވެ.

ތިން އަހަރުގެ ސާރިދޯޅުގެ ދަތް ނެގީ ޑެންޓިސްޓެއް ކަމަށްވާ ޑރ. ޕީޓާ ކާޓެޒްއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ސާރިދޯޅުގެ އެ ދަތް ވަނީ އިންފެކްޓްވެފައެވެ.

ކާޓެޒް ބުނީ 600 ކިލޯގެ އެ ޖަނަވާރުގެ ދަތް ނެއްޓި ކަމުގައި ވިޔަސް، އެސޮރަށް އަދިވެސް ތަދު އިހްސާސް ކުރެވޭނެ ކަމަށެވެ. އެކަމަކު، އެ ސާރިދޯޅު އިންފެކްޝަނުން މުޅިން ސަލާމަތްވެފައިވާ ކަމަށް ވެސް ކާޓެޒް ބުންޏެވެ. އޮޕަރޭޝަންކޮށްގެން ސާރިދޯޅުގެ ދަތް ނެގި އިރު ދަތް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ކާޓެޒް ބުނި ގޮތުގައި ސިސޫ ނަމަކަށް ކިޔާ އެ ސާރިދޯޅު މުޅި އުމުރު އުޅެން ޖެހޭނީ ތަދު އިހްސާސް ކުރުމުގައި ކަމަށެވެ.

"އޮޕަރޭޝަނަށް ފަހު ސިސޫ ވަރަށް އަވަހަށް ތެދުވި. އެކަމަކު، އެ ސޮރު ރަނގަޅުވާން ވަނީ ޑެންގައި ބަހައްޓާފައި ވަނީ،" ޑޮކްޓަރު ކިޔައި ދިނެވެ.

އޮޕަރޭޝަނަށް ފަހު ސިސޫ މުޅިން ރަނގަޅުވެފައިވާ ކަމުގެ ޔަގީން ކަން ޑޮކްޓަރު ވަނީ ދީފައެވެ.

ސިސޫއަކީ އިނގިރޭސި ވިލާތުގެ ޕާކެއްގައި ގެންގުޅެމުން އަންނަ ސާރިދޯޅެކެވެ.