ހަނދާން ނެތުމާއި "ބްރެއިން ފޮގް" އަކީ ކޮވިޑް-19 ގެ ދިގު މުއްދަތުގެ ސައިޑް އިފެކްޓްތަކަކަށް ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖާމާ ނެޓްވޯކް އޯޕަން ޖާނަލްގައި މިދިޔަ ހަފުތާގައި ޝާއިއުކުރި ދިރާސާއެއްގައިވާގޮތުން، މި ދިރާސާ ހެދުމަށް އެމްޓީ ސައިނާއީ ހެލްތު ސިސްޓަމްގެ ތަޖުރިބާކާރުން ވަނީ 740 ބައިވެރިންގެ ޑޭޓާ ތަހުލީލުކޮށްފައެވެ. އޭގެ ތެރޭގައި ކޮވިޑަށް ފައްސިވި މީހުންނާއި، ކޮވިޑް ވެކްސިން ފުރިހަމަ ކުރި މީހުން ހިމެނެއެވެ.

މި ދިރާސާގައި ބައިިވެރިވި މީހުންގެ ތެރެއިން ހަނދާން ނެތޭ ބަލި ކުރިން ޖެހިފައި ނެތް ޕޭޝަންޓުންގެ އެވްރެޖް އުމުރަކީ 49 އަހަރެވެ. އަދި އޭގެ ތެރެއިން 63 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ.

މި ދިރާސާ ހަދާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މި އަހަރުގެ މެއިގެ ނިޔަލަށް ފައްސިވި މީހުންގެ ޑާޓާ ބޭނުންކޮށްގެންނެވެ.

އެގޮތުން މި ދިރާސާގައި ގޮތްގޮތަށް މި ބައްޔަށް ފަރުވާ ހޯދި ބަލި މީހުން ބޭނުންކޮށްފައިވާއިރު، އެމީހުންގެ އަމިއްލަ ޑިމޮގްރަފިކް ސިފަތައް ރިޕޯޓްކޮށްފައެވެ.

އަދި މި މީހުންގެ ކޮގްނިޓިވް ފަންކްޝަން ޓެސްޓް ކޮށްފައިވަނީ "ރަނގަޅަށް ވެލިޑޭޓް ކުރެވިފައިވާ ނިއުރޯސައިކޮލޮޖިކަލް ފިޔަވަޅުތައް" ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ކުރިއާއި ފަހަތަށް ގުނުމާއި، ބަހުގެ ޓެސްޓަކާއި، ހޮޕްކިންސް ވާރބަލް ލަރނިންގ ޓެސްޓަކީ ބަލިމީހުންނަށް އެކި ކެޓަގަރީތަކުން ސިލްސިލާ ބަސްތައް ދައްކުވައިދޭ ޓެސްޓެކެވެ. އަދި އެޓެސްޓްތަކުން އެ ބަލި މީހުންނަށް ހަނދާން އާކުރެވޭނީ ކިތައް ފަހަރުތޯ ޓެސްޓްކޮށްފައި ވެއެވެ.

މި ދިރާސާއިން ވަނީ ކޮވިޑަށް ފަރުވާ ހޯދި މީހުންގެ މެދުގައި ހަނދާން ނެތޭ މައްސަލަ ހުންނަކަން ފާހަގަވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު