ހާޓް އެޓޭކެއް ޖެހިގެން އިންޑިއާގެ މަޝްހޫރު އެކްޓަރ ޕުނީތް ރާޖް ކުމާރް ކުއްލި ގޮތަކަށް އިއްޔެ މަރުވި ހަބަރު ލިބުމުން ޙާޓް އެޓޭކު ޖެހި އޭނާގެ ދެ ސަޕޯޓަރަކު ވެސް މަރުވެއްޖެއެވެ.

އުމުރުން 46 އަހަރުގެ ސައުތް އިންޑިއަން ސިނާމަގައި މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ކަންނާޑާ އެކްޓަރު ޕުނީތުގެ މަރާއި އެކު އޭނާ އާއި އެކު މަސައްކަަތް ކުރަމުންދިޔަ ފަންނާނުންނާއި، ބެލުންތެރިންނަށް ދިޔައީ ހައިރަން ކަމެއް ލިބިގެންނެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހަބަރު ލިބުމާއި އެކީ ބައެއް މީހުން ވަނީ ލިބުނު ޝޮކާއި އެކީ މަރުވެފައެވެ. އޭގެ ތެރޭގައި ކަރްނާޓަކާގެ ބެލަގަވީ ޑިސްޓްރިކްޓުގެ ޕްރަޝުރަމް ދެވަމްމަންވަރު ނަމަކަށް ކިޔާ މީހަކާއި ޗަމްރަޖަނަގަރުގެ އަވަށެއް ކަމަށްވާ މަރުރު ވިލޭޖުގެ 30 އަހަރުގެ މުނިޔައްޕާ ކިޔާ ދެމީހަކު ވަނީ މަރުވެފައެވެ.

މީގެ ތެރެއިން ޕްރަޝުރަމް އަށް ޕުނީތުގެ މަރުގެ ހަބަރު ލިބުނީ ރޭގެ ވަގުތެއްގައެވެ. އެ ހަބަރު ލިބުނުތާ މާގިނަ އިރެއް ނުވެ އޭނާ ވަނީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ ރޭ 11:00 ޖަހާކަންހާއިރުވެ.

އަދި މުނިއައްޕާއަށް ޕުނީތުގެ މަރުގެ ހަބަރު ލިބުނުތަނާ ގޮތަކަށް އޭނާ ވަނީ ހުރިތަނަށް ވެއްޓި މަރުވެފައެވެ. އޭނާ ބެލި ޑޮކްޓަރުން ބުނީ، އޭނާ މަރުވެފައިވަނީ ލިބުނި ޝޮކެއްގެ ސަބަބުން ކަމަށެވެ. އޭނާ މަރުވެފައިވަނީ ވެއްޓުނު ތަނަށް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ޕުނީތު މަރުވީ އިއްޔެ ހެނދުނު ކަސްރަތު ކުރަން ހުއްޓަ މެއަށް ތަދުވާތީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި އޭނާއަށް ފަރުވާ ދިން ބެންގަލޫރޫގެ ހޮސްޕިޓަލުން ބުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު