ބޮލީވުޑުގެ ބަތަލާ އަނުޝްކާ ޝަރުމާއާއި އިންޑިޔާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީގެ ނުވަ މަހުގެ ދަރިފުޅު ވަމިކާއަށް ރޭޕްގެ އިންޒާރެއް ދީފިއެވެ.

މިހާރު ކުރިއަށްދާ އައިސީސީ މެންސް ޓީ20 ވާރލްޑް ކަޕްގައި އިންޑިޔާއާއި ޕާކިސްތާނު ކުޅުނު މެޗުން އިންޑިޔާ ބަލިވުމުން އިިންޑިޔާގެ ކްރިކެޓް ޓީމުގެ މެމްބަރެއް ކަމަށްވާ މުހައްމަދު ޝާމީއަށް އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މީސް މީޑިޔާގައި މުހައްމަދު ޝާމީއަށް އަމާޒުކޮށް ކިޔަމުންދާ އެއްޗެހީގެ ދިފާޢުގައި ވިރާަޓް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ވާހަކަ ދައްކާފައެވެ.

މުހައްމަދުގެ ޝާމީގެ ދިފާޢުގައި ވިރާޓު ވާހަކަ ދެއްކުމުން ރުޅި އިންތިހާއަށް ގޮސްފައިވާ ބައެއް އާއްމު ރައްޔިތުންގެ ލޯތައް އަމާޒު ވީ ވިރާޓްއަށެވެ.

ވިރާޓް ދެކެ އައި ރުޅީގެ ބަދަލުގައި ބައެއް އިންޑިޔާގެ ބައެއް ރައްޔިތުން ވަނީ ވަމިކާ ރޭޕް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ވިރާޓް ކުޅޭ ކުރިކެޓް މެޗަކުން ބަލިވެއްޖެ ނަމަ ކޮންމެ ފަހަރަކު ވެސް އަނުޝްކާއާއި ވިރާޓަށް ރައްޔިތުންގެ ނުރުހުމުގެ ބަސްތަކާއި ފާޑުކިޔުންތައް އަމާޒުވެއެވެ.

ނަމަވެސް މިފަހަރު ބައެއް ރައްޔިތުންގެ ފާޑުކިޔުމާއި އިންޒާރުތައް ވިރާޓްއާއި އަނުޝްކާގެ އިތުރުން ތުއްތު ވަމިކާއަށް ލިބުން ވީ އަނުޝްކާގެ ހިތްފަޅައިގެން ދިޔަ ފަދަ ކަމަކަށެވެ.

މި އިންޒާރުގެ ސަބަބުން އަނުޝްކާ ދެރަވުމުގެ އިތުރަށް ވަރަށް ރުޅިގަދަވެފައިވާ ކަމަށް ވެސް އަނުޝްކާއާއި ވަރަށް ގާތް ރަހުމަތްތެރިއެއް ބުނެފައިވެއެވެ.

އަނުޝްކާ ޝަރުމާއާއި ވިރާޓް ކޯލީއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.