އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތް ކޯލީ އާ ވައްތަރު މީހަކު އިންޑިއާއިން ފެނިއްޖެއެވެ.

ވިރާތް އަށް ސަޕޯޓް ކުރާ މީހުން އޭނާގެ ވައްޓަފާޅި ނަކަލުކުރަން މަސައްކަތް ކުރާއިރު، ހަރްޔާނާގެ ރައްޔިތެއް ކަމަށްވާ ކާތިކް ޝަރުމާ އަކީ ކްރިކެޓް ލެޖެންޑާ ވަރަށް ބޮޑަށް އެއްގޮތްވުމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ މީހެކެވެ.

ވިރާތް އާއި އެއްގޮތް ގޮތެއް ހުންނަ ޝަރުމާ މީސް މީޑިއާ ސެލެބްރިޓީއަކަށް ވެފައިވާއިރު، ގިނަ ބަޔަކު ހައިރާންކޮށްލާފައި ވަނީ ވިރާތް އާއި އޭނާ ދެމެދު ހުންނަ އެއްގޮތްކަމެއްގެ ސަބަބުންނެވެ.

މިއީ އޭނާއަށް މަޝްހޫރުވި ވީޑިއޯއެވެ.

ހަރްޔަނާގެ ސޮފްޓްވެއާ އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝަރްމާ ވަނީ އޭނާގެ ވީޑިއޯއެއް އާއްމުކޮށް އޭނާއަކީ ވިރާތް ކޯލީ ނޫން ކަމަށް ބުނެފައެވެ.

ބޮމްބޭ ޓައިމްސްއަށް އޭނާ ބުނީ އުއްމީދަކީ ވިރާތްގެ ފޭނެއްކަން އަންގައިދިނުމުގެ ގޮތުން ހަޔާތުގައި މަދުވެގެން އެއްފަހަރު ނަމަވެސް އޭނާ ބައްދަލުވުން ކަމަށެވެ.

"އަހަރެންނަށް އެނގޭ ތިކޮޅުންވެސް ވިސްނަނީ ކިހިނެއްކަން، އެކަމަކު ނޫން، އަހަރެންނަކީ ވިރާތް ކޯލީއެއް ނޫން، އަހަންނަކީ ހަރްޔާނާއަށް ނިސްބަތްވާ ކާރްތިކް ޝަރުމާ ސޮފްޓްވެއާ އިންޖިނިއަރެއް. އެކަމަކު އާނ، އަހަރެން ދާ ކޮންމެ ތަނަކުން ވެސް މީހުން އަހަރެންގެ ފޮޓޯ ނަގާ. އަދި އެކަމުގައި ކެރިއަރ ނުފެށި ނަމަވެސް ކްރިކެޓަކީ އަހަރެންގެ ހަގީގީ ޕެޝަން، ވިރާތް ކޯލީ އަކީ އަހަރެންގެ އައިޑޮލް. އުއްމީދަކީ ކޮންމެވެސް ދުވަހަކުން އޭނާއާ ބައްދަލުކުރެވޭނެ ކަމަށް.".

ޝަރުމާ އަކީ އަސްލު ވިރާތް ކޯލީ ކަމަށް ގިނަ ފަހަރަށް އޮޅެއެވެ. އަދި އޭނާއެކު ސެލްފީ ނަގަންވެސް ގިނަ ބަޔަކު އުޅެއެވެ.