އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި ވިރާތް ކޯލީއަށް އާއި އޭނާގެ އަންހެނުން މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާގެ ބަތަލާ އަންހެން ދަރިފުޅު ވަމިކާ އަށް ދެ އަހަރު ފުރިއްޖެއެވެ.

ދަރިފުޅާއެކު ވަގުތު ހޭދަ ކުރާ ފޮޓޯތައް އާއްމު ކުރުމަކީ އާއްމުކޮށް ކޮންމެ މަންމަ އަކާއި ބައްޕައަކު އާއްމުކޮށް ކުރާ ކަމެއް ކަމަށްވާއިރު، ވިރާތް އާއި އަނުޝްކާވެސް ކަންތައް ކުރަނީ މިހެންނެވެ. އެގޮތުން މިފަހަރު ވިރާތް މި ވަނީ ބައްޕަ އާއި އަންހެން ދަރިފުޅު އެކުގައި ހޭދަކުރި "ޕޫލް ޓައިމް"ގެ ފޮޓޯއެއް ހިއްސާ ކޮށްފައެެވެ. އޭނާ ހަމައެކަނި ހިތުގެ އިމޯޖީއެއް އެ ފޮޓޯގެ ކެޕްޝަންގައި ޖެހުމަސްފަހު، ހިއްސާ ކުރި އެ ފޮޓޯއަށް ބޮޑު ސަމާލުކަމެއް ވަނީ ލިބިގެން ގޮސްފައެވެ. އަދި މިއީ ވަރަށް ލޯބި ފޮޓޯއެއް ކަަމަށް ބުނާ މީހުން މަދެއް ނޫނެވެ.

އަނުޝްކާ އާއި ވިރާތް ކައިވެނިކުރީ އެތައް އަހަރެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އިޓަލީގައި ބޭއްވި ހަފްލާއެއްގައެވެ. 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެމީހުން ވަނީ އަންހެން ދަރިފުޅު ވަމިކާއަށް މަރުހަބާ ކިޔާފައެވެ.

މީގެ ކުރިން ވަމިކާ އާއި އަނުޝްކާވެސް ހިމެނޭ ފޮޓޯއެއް ވިރާތް އިންްސްޓަގްރާމަށް ދޫކޮށްލިއެވެ.

މިއިން އެއްެވެސް ފޮޓޯއެއްގައި ވަމިކާގެ މޫނު ދައްކާފައެއް ނުވެއެވެ.

މަސައްކަތުގެ ގޮތުން އަނުޝްކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންހެން ދަރިފުޅު ވަމިކާ އުފަންވި ފަހުން، އޭނާގެ ފުރަތަމަ ޕްރޮޖެކްޓް ކަމަށްވާ ސްޕޯޓްސް ބައޮޕިކް ޗައްޑާ އެކްސްޕްރެސް އިންނެވެ. މި ފިލްމަކީ ކްރިކެޓް ކުޅުންތެރިޔާ ޒުލާން ގޯސްވާމީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ބައެއް ބައިތައް ޝޫޓްކޮށްފައި ވަނީ ކޮލްކަތާ އާއި އިނގިރޭސިވިލާތުގެ އިތުރުން އެހެން މަންޒިލްތަކުގައެވެ.