ބޮލީވުޑުގެ އެކްޓަރ ސައިފު ޢަލީ ޚާނާއި ބަތަލާ އަމްރިތާ ސިންގްގެ ދޮށީ ދަރިފުޅު ސާރާ ޢަލީ ޚާން ކުޑައިރު އޭނާގެ މަންމައާއި ބައްޕައާއި މެދު ދެކެވުނީ ވަރަށް ގޯސްކޮށް ކަމަށް ބުނެފިއެވެ.

އިންޓަވިއުތަކުގައި ފޮރުވުމެއް ނެތި ވަރަށް ފަސޭހައިން ވާހަކަތައް އާއްމުންނާ ހިއްސާ ކުރާ ސާރާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަނީ އޭނާގެ މަންމައާއި ބައްޕައަކީ ''ނެގެޓިވް'' މީހުން ކަމަށް ހީކުރެވުނު ކަމަށް ބުނެފައެވެ.

މި އިންޓަވިއުގައި ސާރާ ބުނެފައިވަނީ އޭނާގެ މަންމައާއި ބައްޕަ އެކުގައި އުޅުނު މަންމަ އުޅުނީ އުފަލުގައި ނޫން ކަމަށެވެ. މަންމައާއި ބައްޕައަކީ ''ނެގެޓިވް'' ބައެއްގެ ގޮތުގައި އޭނާއަށް ހީކުރެވުނީ ބެލި ފިލުމުތަކެއްގެ ސަބަބުން ކަމަށް ވެސް ބުނެފައިވެއެވެ.

ފިލުމު އޯމްކަރަގައި ސައިފު އަދާ ކޮށްފައިވާ ލަގްނާ ތިޔާގީގެ ރޯލާއި ފިލުމު ކަލީގުގައި އަމްރިތާ ސިންގް އަދާކޮށްފައިވާ ސިމީ ރޯއީގެ ރޯލުގެ ސަބަބުން އޭނާއަށް ކުޑައިރު ވަރަށް އަސަރު ކުރި ކަމަށް ބުނެފައިވެއެވެ.

''އަހަރެން ކުޑައިރު ހީކުރީ ބައްޕައަކީ ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާ މީހެއް ކަމަށް، އަދި މަންމައަކީ ބަރަހަނާ ފިލުމު ސައިޓެއް ހިންގާ މީހެއް ކަމަށް. އެކަމުގެ ސަބަބުން އަހަރެންނަށް ވަރަށް އަސަރު ކުރި'' ލާނެތް ހިނިތުންވުމަކާއި އެކު އިންޓަވިއުއެއްގައި ސާރާ ބުނެފައިވެއެވެ.

ސައިފުއާއި އަމްރިތާ ވަރިވީއިރު އެދެމީހުންގެ ދެދަރިން ތިއްބެވެ. އެއީ ސާރާ ޢަލީ ޚާނާއި އިބުރާހިމް ޢަލީ ޚާނެވެ. އޭގެފަހުން ސައިފު ދެވަނަ ކައިވެންޏެއް ކޮށްފައިވަނީ ބަތަލާ ކަރީނާ ކަޕޫރާއެވެ. މިދެމީހުންގެ ވެސް ދެ ކުދިން ތިބެއެވެ. އެއީ ތައިމޫރު ޢަލީ ޚާނާއި ޖެއިހް ޢަލީ ޚާނެވެ.