ބޮލީވުޑްގެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސައިފް އަލީ ޚާން އަކީ މީސް މީޑިއާއާ ވަަރަށް ދުރު ފަންނާނެކެވެ. އޭނާއަށް ސަޕޯޓް ކުރާ އެތައް ފޭނުންނަށް، އޭނާ މީސް މީޑިއާ ބޭނުން ކުރަން އެދުނު ނަމަވެސް، އޭނާ އުޅެނީ މީސް މީޑިއާ އާ ވަރަށް ދުރުގައެވެ.

ސައިފް މި ވަނީ އޭނާ މީސް މީޑިއާ ބޭނުން ކުރަން ބޭނުން ނުވާ ސަބަބު ހާމަކޮށްފައެވެ. އޭނާ ބުނާގޮތުން ނަމަ، އޭނާއަކީ ވަރަށް ފޮޓޯޖެނިކް މީހެކެވެ. އަދި އޭނާގެ އެެތައް ބައިވަރު އަމިއްލަ ފޮޓޯތަކެއް ހުރި ކަމުގައިވިޔަސް، މީހުން އޭނާގެ ފޮޓޯތަކާއި މެދު ދެކޭ ގޮތުގެ ސަބަބުން ފޮޓޯތައް އާއްމު ކުރަން ބޭނުން ނުވާ ކަމަށް ބުނެފައި ވެއެވެ.

މީސް މީޑިއާގައި ޕޯސްޓް ކުރަންވީ ގޮތާއި ނުކުރަންވީ ކަންކަން މީހުން ކިޔައިދޭއިރު އެކަމުގެ ތެރެއަށް އޭނާ ތާށިވެގެން ހުންނާކަން ބޭނުން ނުވާ ކަމަށް ސައިފް ބުނެފައި ވެއެވެ. އޭނާގެ ނަޒަރުގައި އެއީ މާ ބޮޑަށް ބޭވަފާތެރިވާ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

މީސް މީޑިއާ މެދުވެރިކޮށް އާމްދަނީ ހޯދޭނެ ވާހަކައާ ގުޅިގެން އޭނާ ބުނީ އެއީ އޭނާ މީސް މީޑިއާއާ ގުޅެން ހަމައެކަނި ބޭނުންވާ ސަބަބު ކަމަށެވެ.

ކަރީނާ ކަޕޫރާ ކައިވެނިކޮށްގެން އުޅޭ ސައިފްގެ ހަތަރު ދަރިން ތިބޭއިރު، އޭގެ ތެރެއިން ދެ ދަރިންނަކީ ކަރީނާއަށް ލިބުނު ދެ ކުދިންނެވެ. އެއީ ތައިމޫރު އަލީ ޚާން އާއި ޖަހަންގީރު އަލީ ހާނެވެ. ސައިފްގެ ކުރިން އަމްރިތާ ސިންގް އާއި ކުރި ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު، އެއީ ސާރާ އާއި އިބްރާހިމް އަލީ ޚާން އެވެ.