ބޮލީވުޑްގެ އެންމެ މަޝްހޫރު ދެމަފިރިންގެ ތެރޭގައި ކަރީނާ ކަޕޫރް އާއި ސައިފް އަލީ ޚާން ހިމެނެއެވެ. އެ މީހުން ދާހާތަނެއް ބަލައި، ފޮޓޯ ނެގުމުގައި ހަރަކާތްތަކުގައި އުޅޭ މީހުންވެސް މަދެއް ނޫނެވެ.

ހާއްސަކޮށް ދާދި ފަހުން، މި ދެމަފިރިން އެކުގައި ޕާޓީތަކަށްވެސް ގޮސް ހަދާ މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް އާއްމުވެފައި ވެއެވެ. މިފަހަކުން މި ދެމަފިރިން ފެނުނީ މަލައިކާ އަރޯރާގެ މަންމަގެ އުފަން ދުވަހުގެ ޕާޓީންނެވެ.

އެ ދެމީހުން ފެނިގެން ދަނީ ކަޅާ ހެދުން ހެދުން އަޅައިގެން ހުންނަ ތަނެވެ. އެ ހަފްލާގައި ދެ މީހުންގެ އެތައް ވީޑިއޯއަކާއި ފޮޓޯއެއް އާއްމުވެފައި ވެއެވެ.

މީގެ ތެރެއިން ގިނަބައެއްގެ ލޮލުގައި އަޅައިގަތީ ސައިފް އާއި ކަރީނާ އެނބުރި ގެއަށް ގޮސް ހުއްޓާ ނެގި ފޮޓޯއަަކަށެވެ. އެއީ ފޮޓޯ ނެގުމުގައި އުޅޭ ޕަޕަރާޒީން އެ މީހުންގެ ގެއާ ހަމައަށް ފޮލޯ ކުރީއެވެ.

އެގޮތުން މި ދެ ދެމަފިރިން އެތަނުން ދިމާވުމުން، އެތަނުގައި ތިބި ޕަޕާރާޒިން ވަނީ ފޮޓޯއަކަށް ހުއްޓުމަށް އެދިފައެވެ. އެކަމާ ސައިފް ރުޅިގަދަވިއެވެ.

"މިކަން ކޮށްބަލަ، އަހަރުމެންނާއެކު ކޮޓަރިއަށް ހިނގާބަލަ". ރުޅިގަދަވެފައި ސައިފް ބުންޏެވެ.

އެހެން ބުނެފައި ދެމަފިރިން ގޮސް އަރަނީ ލިފްޓަށެވެ.

ދޭތެރެ ދޭތެރެއިން ސައިފްގެ މިކަހަލަ ބަސްތައް ޕަޕަރާޒީންނަށް އަމަޒުވާކަން ފާހަގަކޮށްލެވެއެެވެ. އަދި ކަރީނާވެސް ޕަޕާރާޒީންނާ ދިމާލަށް އެއްޗެހި ކިޔާކަންވެސް ފަހަގަކޮށްލެވެއެވެ.