ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ ފުރަތަމަ ދަރިފުޅު ތައިމޫރް އާއި ބައްޕަ ސައިފް އަލީ ޚާން ރާއްޖޭގައި ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ. ތައިމޫރް އާއި ސައިފް ޗުއްޓީ ހޭދަކުރަމުން ރާއްޖެ އައި މި ދުވަސްވަރަކީ ކަރީނާ ދެވަނަ ދަރިފުޅު ގޮވައިގެން ލަންޑަންގައި ފިލްމް މަސައްކަތެއްގައި އުޅެމުންދާ ދުވަސްވަރެކެވެ.

މިހާރު އިންޑިއާގެ ބައެއް މީޑިއާތަކުން ދަނީ ސައިފް އާއި ތައިމޫރް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ނަގާފައިވާ ފޮޓޯތައް އާއްމު ކުރަމުންނެވެ.

އެގޮތުން ތައިމޫރް އޭނާގެ އަމިއްލަ ގިޓާ ކުޅެން އިންނަ ފޮޓޯއެއްވެސް އާއްމު ކޮށްފައި ވެއެވެ. ކުޑައިރުން ފެށިގެން އޭނާ ގިޓާ ކުޅުމުގައި ހަރަކާތްތެރިވަމުން ދެއެވެ.

އޭގެ ކުރިން ސައިފް އާއި ތައިމޫރް ޕިއްޒާ ކާން ތިބޭ ތަނުގެ ފޮޓޯއެއްވެސް އާއްމުކޮށްފައިވާއިރު، މޫދުގައި ހަރަކާތްތެރިވާ ފޮޓޯތަކާާއި، ފޮތް ކިޔުމާއި، އެކި ކަންކަމުގައި ހަރަކާތްތެރިވާ ފޮޓޯތައް އާއްމުކޮށްފައި ވެއެވެ.

ސައިފް އާއި ކަރީނާ އަކީ އަބަދުވެސް ދަރިންގެ ކަންކަމުގައި ވަރަށް ބޮޑަށް ޝާމިލްވެ އުޅޭ ދެމަފިރިން ކަމަށް އަބަދުވެސް ދައްކައެވެ. އަދި ދެ މީހުންވެސް އެކުގައި ދަރިން ގޮވައިގެން ތަންތަނަށް ދިއުމާއި އަދި އެކި ހަރަކާތުގައި ޝާމިލްވާ ފޮޓޯތަކާއި ވީޑިއޯތައް މީޑިއާގެ ސަމާލުކަމަށް އަބަދުވެސް ލިބެއެވެ.

ސައިފްގެ މަސައްކަތްތަކަށް ބަލާއިރު، އޭނާގެ ފިލްމް އަޑިޕުރުޝް ނެރުމަށް ދަނީ ތައްޔާރުމުންނެވެ.

ކަރީނާ މިހާރު ލަންޑަންގައި ހުރީ އެކްތާ ކަޕޫރާ އެކު ކޯ ޕްރޮޑިއުސް ކުރަމުން އަންނަ ހަންސަލް މެހެތާގެ ފިލްމްގެ މަސައްކަތަށެވެ.