ފަރަންސޭސިވިލާތުގެ ކުރީގެ ރާނީ މޭރީ އެންޓޮއިންޓްގެ އަލިމަސް ޖެހި ފަށެއް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.

މޭރީއަށް ނިސްބަތްވާ އަލިމަސް ޖެހި ފަށެއް އަންނަ ހަފްތާގައި ނީލަމުގައި ވިއްކަން ހަމަޖެހިފައިވާއިރު، އެ ބްރޭސްލެޓްތައް މަދުވެގެން ދެ މިލިއަން ޑޮލަރަށް ވިއްކާލާނެ ކަމަށް ލަފާކުރެވެއެވެ.

މި ފަށް ވިއްކަން ފަށާނީ އިނގިރޭސި ނީލަމުގައި ތަކެތި ވިއްކާ މަރުކަޒު، ކްރިސްޓީސް މެދުވެރިކޮށް ޖެނީވާގައި ހުންނަ ވަރަށް މަދުން ނޫނީ ނުފެންނަ ކުލައެއްގެ އަލިމަސްތަކަކާއި އެކުގައެވެ. ފަށް ބާއްވާފައިވަނީ ނޫކުލައިގެ ވެލްވެޓް ފޮއްޓެއްގައެވެ. ކޮންމެ ފަށެއްގައި ވެސް އަލިމަސްޖެހި ތިން ފަށަލަ ހުރެެއެވެ. އަދި ބޮޑު ބެރެޓް ކްލެސްޕެއް އެކުލެވިގެން ވެއެވެ.

ފަށުގެ ބައިތަކުގައި ޖުމްލަ 122 އަލިމަސް އެކުލެވޭ މި ގަހަނާ އަކީ ޔޫރަޕުގެ ޝާހީ އާއިލާއެއްގެ މިލްކެކެވެ.

ކްރިސްޓީސް އިން ބުނާ ގޮތުގައި 9 ނޮވެމްބަރ ގައި ބާއްވަން ހަމަޖެހިފައިވާ މި ނީލަމުގައި މި ފަށް ވިއްކައިގެން 2 މިލިއަން ޑޮލަރު (1.46 މިލިއަން ޕައުންޑް) އާއި 4 މިލިއަން ޑޮލަރު (2.92 މިލިއަން ޕައުންޑް) ގެ ފައިދާއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Marie Antoinette's diamond bracelets to go up for auction at Christie's | World News | Sky News

ޖެނީވާގައި ހުންނަ ކްރިސްޓީސްގެ ޖުވެލަރީ ޑިޕާޓްމަންޓްގެ ހެޑް މެކްސް ފައުސެޓް ވަނީ ތާރީހީ ތަކެތީގެ ވަރަށް މަދުން ނޫނީ ނުފެންނަ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ. އަދި އެ ތަކެތި ވިއްކާއިރު "ފަޔާވޯކްސް" ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައިވެއެވެ.

މޭރީ އެންޓޮއިންޓް އަކީ 1774 ވަނަ އަހަރުން ފެށިގެން 1793 ވަނަ އަހަރާ ހަމައަށް ފަރަންސޭސިވިލާތުގެ ރާނީގެ ގޮތުގައި ހުންނެވި ކަނބަލެކެވެ. މޭރީގެ މައްޗަށް ވަނީ ސަރުކާރާއި ހަވާލުވެގެން ހުންނެވި ދުވަސްތަކުގައި ކޮށްފައިވާ ކުށްތައް ސާބިތުވެފައެވެ.

ސްޓޮކްހޯމްގެ ނެޝަނަލް މިއުޒިއަމްގައި މިހާރު ދައްކަމުން އަންނަ އެޑޮލްފް އުލްރިޗް ވެޓްމުލަރ ގައި 1785 ވަނަ އަހަރުގެ ޕޯޓްރެއިޓެއްގައި މޭރީ އެ ފަށް އަޅައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯއެއް ފެންނަން ހުރެއެވެ.

މި ފަށުގެ އިތުރުން 6.75 ކެރެޓްގެ ޕާޕަލް-ޕިންކް ރިންގް ޑައިމަންޑަކާއި 42.98 ކެރެޓްގެ ޔެލޯ ޑައިމަންޑް ރިންގް ވެސް ވިއްކާނެއެވެ.