ދެކުނު ކޮރެޔާގެ ޑުރާމާތަކަކީ ގިނަ ބަޔަކު ބަލާހިތްވާ ޑުރާމާތަކެކެވެ. ހެއްވާ، މަޖާ، ލޯބީގެ، އެކްޝަން، ބިރުވެރި، ތާރީޚީ ފަދަ އެތައް ވައްތަރެއްގެ ޑުރާމާ ހުރެއެވެ.

އެކި މީހުން ބަލާހިތްވާނީ އެކި ވައްތަރުގެ ޑުރާމާއެވެ. އެއްބަޔަކަށް ލޯބީގެ ހެއްވާ ޑުރާމާތައް ކަމުދާއިރު އަނެއް ބަޔަކަށް ކަމުދާނީ އެކްޝަން ޑުރާމާ ތަކެވެ.

މިއިން ކޮންމެ ވައްތަރެއްގެ ވެސް އެތައް ޑުރާމާއެއް ވަނީ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. ޑުރާމާ ގިނަކަމުން ބަލާނެ ޑުރާމާއެއް ނޭނގި ވެސް ހުންނަން ޖެހެއެވެ.

މިގޮތުން މި ހިމަނާލަނީ ބިރުވެރި ޑުރާމާ ބަލާހިތްވާ ފަރާތްތަކުން ބަލައިލުމަށް ރަނގަޅު ޑުރާމާ ތަކެކެވެ.

ޓެއިލް އޮފް ދަ ނައިން ޓެއިލްޑް

ސްޕަރ ނެޗުރަލް ކަންތައްތަކެއް ދައްކުވައިދޭ މި ޑުރާމާއިން ފެނިގެންދަނީ ލީ ޑޮން ވުކް އާއި ޖޯ ބޯ އާއެވެ. މިއީ 2020 ވަނަ އަހަރު އަޅުވާފައިވާ ޑުރާމާއެކެވެ.

މާސްޓަރސް ސަން

ގޮންގް ހައެ ޖިންއާއި ސޯ ޖީ ސަބް ފެނިގެންދާ މި ޑުރާމާގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ދައްކުވައިދެއެވެ. މިއީ ބަލައިލަން ރަނގަޅު ބިރުވެރި ޑުރާމާއެކެވެ.

ޒޮމްބީ ޑިޓެކްޓިވް

2020 ވަނަ އަހަރު އަޅުވާފައިވާ މި ޒޮމްބީ ޑުރާމާއިން ފެނިގެންދަނީ ޗޮއި ޖިން ހުއަކްއެވެ. ބިރުވެރި ޒޮމްބީއެއްގެ ރޯލުންނެވެ.

ދަ ޓްރެއިން ޓް ޓު ބުޝަން

2016 ވަނަ އަހަރުގެ މިޑުރާމާއަކީ ކޮރެޔާ ޑުރާމާ ބަލާ ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު ބިރުވެރި އެއް ފިލުމެވެ. މި ފިލުމުން ފެނިގެން ދާނީ ގޮންގް ޔޫއެވެ.

މީގެއިތުރުން ''ޕެނިންސިއުލާ''، ''ދަ ކެޓް''، އަދި ''ދި ޑިވައިން ފިއުރީ'' އަކީ ވެސް ބިރުވެރި ޑުރާމާތަކުގެ ތެރެއިން އެންމެ މަގުބޫލު ޑުރާމާތަކެވެ.