ބޮޑު އަނިޔާވެރިއަކު އަންހެނަކު ލައްވާ މަރުވެފައިވާ އާއިލާމީހުންގެ ފޮޓޯވެސް ކާންދީފި އެވެ.

ކާރްޑިފް ފްލެޓްގެ ލޯބިވެރިޔާ ކްރެގް ތޯމަސް އޭނައަށް ވަރަށް އަނިޔާކޮށްފައި ވަނީ އެއްމަސް ދުވަސް ވާންދެން ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އަންހެންމީހާއަށް ވެފައިވާ އަނިޔާތައް ފެނިފައި އަނިޔާކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް ބެލެވެއެވެ.

އަވައްޓެރިންނަށް އެގޭގެ ކުޑަދޮރު ކައިރިން އޭނާ އަނިޔާކުރާތައް ފެނިގެން ރިޕޯޓްކުރުމުން އޭނާ ވަނީ އެއީ ދޮގެއް ކަމަށްބުނެ ފުލުހުންނަށް އޮޅުވާލާފައި އެވެ. އަދި ދެވަނަ ފަހަރަށްވެސް އެފަދައިން ރިޕޯޓް ކުރުމުން ފުލުހުން އެގެއަށް ދިޔުމުން ތޯމަސްވަނީ އެފަހަރުވެސް އޮޅުވާލާފައި އެވެ.

އެދުވަހު ފުލުހުންނަށް އެހިސާބުން ނުދެވެނީސް އަންހެންމީހާ އަށް އަނިޔާ ކުރަން ފެށިއެވެ، އަދި ވަރަށް ބާރަށް ހަޅޭލާ އަޑުއިވުނެވެ. ނަމަވެސް ފުލުހުންގެ އަތުގައި ކޯޓް އަމުރެއް ނެތުމުން އެގެއަށް ވަނީ ނުވަދެވިފައި އެވެ.

ތިންވަނަ ފަހަރަށް ފުލުހުން އެގެއަށް ދިޔައެވެ. އެފަހަރު ކަންވެގެން ދިޔައީ އެހެންގޮތަކަށެވެ. ތޯމަސް ފުލުހުންނާއި ވާހަކަ ދައްކަން ހުއްޓާ ކާރްޑިފް ބޭރަށް ނިކުތީއެވެ. އަދި އެވަގުތު ފުލުހުންގެ އެހީއަށް އޭނާ އެދުމުން ވަގުތުން ތޯމަސް ހައްޔަރުކުރިއެވެ.

އޭނައަށް ވަނީ އަނިޔާކުރި ކަމުގެ ދައުވާ އިއްވާ 10 އަހަރަށް ޖަލަށް ލައިފަ އެވެ.

ތޯމަސް މީގެ ކުރިން ވަނީ ކާރްޑިފް ބަނޑުބޮޑުއިރު އަނިޔާކުރި ކަމުގެ ތުހުމަތުގައި 10 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައި އެވެ

ޖަޖް ނެއިލް ބިޑާ ބުނިގޮތުގައި މިއީ މިހާތަނަށް އަންހެނުންނަށް ކުރި އަނިޔާތަކުގެ ތެރެއިން ފެނުނު އެންމެ ބޮޑު ކޭސް ކަމަށެވެ. އަދި ވޭން ތަކަށް ކެތް ނުވެގެން އަންހެންމީހާ އަމިއްލައަށް މަރުވާން އުޅުނު ކަމަށްވެސް އޭނާ ބުންޏެވެ.
.

ކިޔުންތެރިންގެ ހިޔާލު