ކަންގަނާ ރަނައުތު މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އޭނާ އިއުތިރާފު ވެއްޖެއެވެ. އަދި އެކަން އެންމެންނަށް ވެސް ވަރަށް އަވަހަށް އެނގޭނެ ކަމަށް އޭނާ ބުނެއެވެ.

އިންޑިޔާގެ ފިލްމީދާއިރާގައި އުހަށް ގޮސްފައިވާ ކަންގަނާ މިހާރު ހުރީ އޭނާގެ ހަޔާތުގެ އެންމެ ރަނގަޅު މަރުހަލާގައެވެ. އޭނާ އަކީ ހަމައެކަނި ޕްރޮފެޝަނަލް ދިރިއުޅުމުގައި މޮޅު މީހެއް ނޫން ކަން މިހާރު ހާމަވެގެން ދަނީ އެކަނިވެރި ދުރުއުޅުމަށް ބައިވެރިއަކު ގެންނަން ވިސްނި ހިސާބުންނެވެ.

ބައިވެރިޔާއާ ބެހޭ ގޮތުން ކަންގަނާ އާ ސުވާލު ކުރުމުން ކަންގަނާ ޖަވާބުގައި ބުނީ "ވަރަށް އަވަހަށް އެނގޭނެ" ކަމަށެވެ. ލޯބިން އުފާވެރި ތަނެއްގައި ހުރިތޯ ސުވާލުކުރުމުން ބުނީ "ޔެސް އޮފް ކޯޒް" މިހެންނެވެ. ތި އެންމެންނަށް އެންގޭނެ. ވަރަށް އަވަހަށް."

ކަންގަނާ ބުނީ އޭނާގެ އަމިއްލަ ދިރިއުޅުން ވެސް ހަމައަކަށް އެޅިފައިވާ ކަމަށެވެ. ކަންގަނާ ދެން އެންމެ އަވަހަށް "ދާކަޑުގައި" ފެނިގެންދާނީ އަރްޖުން ރާމްޕާލް އާއި ދިވްޔާ ދައްތާ މުހިންމު ރޯލުތަކުންނެވެ. "ތިޖާސް" ގައި އޭނާ ފުރަތަމަ ފަހަރަށް އެއާފޯސް ޕައިލެޓެއްގެ ރޯލުން ފެނިގެންދާނެ އެވެ.

 

View this post on Instagram

 

A post shared by Kangana Thalaivii (@kanganaranaut)

"އަހަރެން ބޭނުންވަނީ ކައިވެނިކޮށް ދަރިން ހޯދަން. އަހަރެން ދެކެނީ މަންމައެއްގެ ގޮތުގައި ފަސް އަހަރު ވަންދެން ލައިން އަޑީގައި އަދި އަނތްބެއްގެ ގޮތުގައި، އަދި އިންޑިއާގެ ތަސައްވުރުގައި އަމަލީ ގޮތުން ބައިވެރިވާ މީހެއްގެ ގޮތުގައި ހުންނަން" އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުންޏެވެ.

މީސް މީޑިޔާގައި ކަންގަނާ ސިފަކޮށްފައި ވަނީ އިންޑިއާގެ އެންމެ ބޮޑު މުސާރަ ލިބޭ އެކްޓްރެސްގެ ގޮތުގައެވެ. ހަތަރު ނެޝަނަލް ފިލްމް އެވޯޑާއި ފަސް ފިލްމްފެއާ އެވޯޑްސް ހިމެނޭ ގޮތަށް ގިނަ އެވޯޑުތަކެއް އޭނާ އަށް ވަނީ ލިބިފައެވެ. އަދި އޭނާ އަށް ވަނީ ފޯބްސް އިންޑިއާގެ ސެލެބްރިޓީ 100 ލިސްޓުގައި ހަ ފަހަރެއްގެ މަތިން ފީޗާކޮށްފައެވެ.