ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާއަތުއަށް އުމުރުން 36 އަހަރު ފުރިއްޖެއެވެ.

އާންމުކޮށް ގިނަ ބަޔަކަށް ބަހުގެ ހަމަލާ ދެމުން އަންނަ ކަންގަނާ އުފަން ދުވަހު ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

އުފަންދުވަހާ ދިމާކޮށް އޭނާ ވަނީ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާއަށް ނަފްރަތު ކުރާ މީހުންނަށް ވެސް ހާއްސަ މެސެޖެއް އިންސްޓަގްރާމްގައި ވަނީ ދީފައެވެ.

"އަހަރެންގެ ދުޝްމިނުން އަހަރެން ހަމަ ނޭވާ ލިޔަކަ ދުވަހަކުވެސް ނުދޭ، އަހަރެންނަށް ކިތަންމެ ކާމިޔާބެއް ލިބުނަސް އަހަރެންގެ ފަޔަށް އެ މީހުން ދަނީ އަރަމުން. އެ މީހުން އަހަންނަށް ދަސްކޮށްދިނީ އެފަދަ ކަންކަމާ ކުރިމަތިލާން. އެ މީހުންނަށް އަހަރެން އަބަދުވެސް ޝުކުރުވެރިވާނަން" ކަންގަނާ ބުންޏެވެ.

ކަންގަނާ ބުނީ އޭނާ އެހެން މީހަކަށް ކުޑައިމީސް ބަހެއް ބުނެފައިވާ ނަމަ މާފަށް އެދޭ ކަމަށެވެ.

ކަންގަނާ އަކީ ބޮލީވުޑްގެ ތެރޭގައި ހިނގާ ނޭއްގާނީ އެތައް ކަމެއްގެ ވާހަކަތައް މީސް މީޑިއާގައި ފާޅުކަން ބޮޑުގޮތެއްގައި ހާމަކުރަމުންދާ ފަންނާނެކެވެ. ބޮލީވުޑް ތެރޭގައި އޮތް ނެޕޮޓިޒަމް ކަންތަކުގައި އެންމެ ބޮޑަށް އަޑުއުފުލާ އެކަކުގެ ގޮތުގައި އޭނާ ފާހަގަވެއެވެ.

މީގެ އިތުުރުން އޭނާއަކީ ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލާގައިވެސް އެންމެ ފާޅުކަންބޮޑު ގޮތެއްގައި ވާހަކަ ދައްކާ ފަންނާނެކެވެ

ކަންގަނާއަކީ އެކި ބޮލީވުޑްގެ ފަންނާނުންނާއި މުސްލިމުންނާއި ޖައްސާލައިގެން ވެސް ވާހަކަ ދައްކާފައިވާ ތަރި އެކެވެ. އެހެންވެ ގިނަ ބޮލީވުޑްގެ ތަރިންގެ ފާޑު ކިއުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ.

އޭނާ ދައްކާ ނަފްރަތު އުފެދޭ ވާހަކަތަކާ ގުޅިގެން މީގެ ކުރިން ޓުވިޓާއިން ވެސް ބްލޮކް ކުރިއެވެ.

އޭގެ އިތުުރުން ކަންގަނާއަކީ އޭނާގެ މޮޅު ކަމުގެ ވާހަކަ އަމިއްލައަށް ވެސް ވަރަށް ގިނައިން ދައްކާ އުޅޭ ތަރިއެކެވެ.