ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން މީހުން ސިއްސުވާލާ ނުވަތަ ހައިރާންވާފަދަ ވާހަކަ ދައްކާކަމަށް އެންމެ ބޮޑަށް ފާހަގަވާ އެއް ތަރިއަކީ ކަންގަނާ ރަަނައުތްއެވެ. ކަންގަނާއަކީ ރުޅީގަދަ އަދި ސީރިއަސް މިޒާޖެއްގެ މީހެއްކަން އެއީ ސިއްރެއް ނޫނެވެ. އެހެންކަމުން އޭނާ ގިނަ ފަހަރަށް ދައްކާ ވާހަކައަކީ ސަމާސާއަކަށް ހަދައިގެން ދައްކާ ކަހަލަ ވާހަކަތަކެއް ނޫނެވެ.

އެގޮތުން މި ފަހަރުވެސް އިންޑިޔާގެ ބައެއް ނޫސްތަކުގެ މުނިފޫހިފިލުވާ ޚަބަރުތަކުގެ ސުރުހީއަށް ކަންގަނާގެ ވާހަކަތަކެއް އަރާފައިވެއެވެ. އުމުރުން 35 އަހަރުގެ ކަންގަނާ ބުނާގޮތުން ނަމަ އޭނާއަކީ އޭނާގެ އެންމެ ޒުވާން ދުވަސްކޮޅު ކުރީގެ މަޝްހޫރު ފިލްމީ ތަރި މަދޫބާލާއާއި ވައްތަރު މީހެކެވެ.

އިންސްޓަގްރާމްގައި ކުރީގެ ފޮޓޯތައް ހިއްސާކުރަމުން ކަންގަނާ ވަނީ ނޫހެއްގައި އޮތް ލިޔުމަކަށްވެސް ރިއާޔަތްކޮށްފައިއެވެ. އެ ލިޔުމުގައި ވަނީ މަދޫބާލާގެ ރޯލް ކުޅެން އެންމެ އެކަށޭނެ ކަމަށް ދެކެވޭ 7 އަންހެން ފަންނާނުންގެ ނަންތައް ލިސްޓްކޮށްފައިއެވެ.

އަހަރެން މަދޫބާލާގެ ރޯލް ކުޅޭ ތަން ބަލާހިތްވާ މީހުންނަށް ބުނެލަން ބޭނުންވަނީ އަހަރެން އެންމެ ފުރަތަމަ ފިލްމު ކުޅެން ފެށިއިރު، މަދޫބާާލާއާއި ވަރަށް ވައްތަރުވާނެ. އެކަމަކު މިހާރު އޭނާއާއި ވައްތަރެކޭ ބުނާކަށް ނޭނގެ" "މުގްލޭ-އާޒަމް" ފިލްމްއިން ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދި އިންޑިޔާގެ އެންމެ ރީތި އަންހެނާގެ ލަޤަބު ލިބުނު މަދޫބާލާއާއި އޭނާއާއި ދެ މީހުންގެ ކޮލާޖް ފޮޓޯތަކެއް ޕޯސްޓްކުރަމުން ކަންގަނާ ބުނެފައިވެއެވެ.

ކަންގަނާ އަކީ ބޮލީވުޑްގެ ތެރޭގައި ހިނގާ ނޭއްގާނީ އެތައް ކަމެއްގެ ވާހަކަތައް މީސް މީޑިއާގައި ފާޅުކަން ބޮޑުގޮތެއްގައި ހާމަކުރަމުންދާ ފަންނާނެކެވެ. ބޮލީވުޑް ތެރޭގައި އޮތް ނެޕޮޓިޒަމް ކަންތަކުގައި އެންމެ ބޮޑަށް އަޑުއުފުލާ އެކަކުގެ ގޮތުގައި އޭނާ ފާހަގަވެއެވެ. މީގެ އިތުުރުން އޭނާއަކީ ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލާގައިވެސް އެންމެ ފާޅުކަންބޮޑު ގޮތެއްގައި ވާހަކަދައްކާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖެރާ

    ހޫމް.. ކަންގަނާ.. ކަލޭ ވަރަށް ވައްތަރު މަގޭ މާމަޔާވެސް..

    16
    1
  2. Anonymous

    އަނަގައިން އަންނިހެން.

    7
    1