ބޮލީވުޑް ތެރޭގައި އޭނާގެ ގެއަށް އާދެވޭ ފެންވަރުގެ އެއްވެސް މީހެއް ނެތް ކަމަށް ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން މީސް މީޑިޔާގައި އެންމެ ފާހަގަ ކޮށްލެވޭ ކަންގަނާ ރަނައުތު ބުނެފިއެވެ.

ކާރލީ ޓޭލްސްގެ ޗެޓް ޝޯއެއްގައި ކަންގަނާގެ ގެއަށް ދައުވަތު ދޭނެ ބޮލީވުޑުގެ ތިން ފަންނާނުންނަކީ ކޮބައިތޯ ސުވާލު ކުރުމުން ކަންގަނާ ބުނެފައިވަނީ އެ ފެންވަރުގެ މީހެއް ނެތް ކަމަށެވެ.

''ބޮލީވުޑުގައި ތިޔަ ހިދުމަތް ލިބޭނެ އެއްވެސް މީހެއް ނެތް. ގެއަށް އައުމަށް ދައުވަތެއް ނުދޭނަން އެކަކަށް ވެސް. ބޭރު ތެރެއިން ދިމާވެއްޖެ ނަމަ ވާހަކަ ދައްކާނަން. އެކަމަކު ގެއަށް ގެންނަ ފެންވަރުގެ އެއްވެސް މީހެއް ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި ނެތް'' ކަންގަނާ ބުނެފައިވެއެވެ.

ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި އެއްވެސް ރަހުމަތްތެރިއަކު ހުންނާނެ ތޯ ސުވާލު ކުރުމުން ކަންގަނާ ބުނެފައިވަނީ އިންޑަސްޓްރީގައި އެއްވެސް ރަހުމަތްތެރިއަކު ނެތް ކަމަށެވެ. ރަހުމަތްތެރިކަން ބޭއްވޭ ފެންވަރުގެ މީހަކު ވެސް ބޮލީވުޑު ފިލުމު އިންޑަސްޓްރީގައި ނެތް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ކަންގަނާ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ސަލްމާން ޚާނަކީ ބޮލީވުޑުގެ ''ދަބަންގް'' އެކްޓަރ ކަމަށެވެ. އަދި ސަލްމާން ބޮލީވުޑުގައި ހުރިހާ ހިނދަކު އިންޑަސްޓްރީގައި އޭނާ އެކަނިވެރި އޭ ނުބުނާނެ ކަމަށް ކަންގަނާ ބުންޏެވެ.

ސަލްމާން ވަނީ މިފަހަރުގެ ޢީދުގެ މުނާސަބަތުގައި އެ ގޭގައި ބޭއްވި ހަފުލާއަށް ކަންގަނާއަށް ވެސް ދައުވަތު ދީފައެވެ.

ކަންގަނާގެ ފިލުމީ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ ފިލުމު ''ދާކަދު'' އިން މެއި މަހުގެ 20 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Aama

    Foni kiburuveri bodaa meeheh dhw

    12
    1
  2. ޒައިކް

    ބައިޕޯލާ ގޮލައެއްގެ ގެއަށް ދާނެ މީހަކު ހުންނާނެތަ؟

    10
    1
  3. ޟނ

    މަންޖޭ......ހާދަ ވަރަކަށް ނައްޓާފަ....ބޮލީވުޑްގެ މީހަކު ބުނި ތީ އުޅޭމީިހެންހޯ.....

    11
  4. މުޙައްމަދު

    މަށަކީ އެވަރު މީހެއް. އެކަމަކު ކަމަނާ ކިތަންމެ އާދޭހެއް ކުރިޔަސް މަށެއް ބަލާވެސް ނުލާނަން