ރާއްޖޭގެ މަޝްހޫރު ބަތަލާ، އަދި މިހާރު ފިލްމް ކުޅުމާއި ދުރުގައި ހުރި ނިއުމާ މުހައްމަދަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބަތަލާއެވެ. އެވޯޑްތަކެއް ހާސިލްކޮށްފައިވާ، މޮޅު ފަންނާނެކެވެ. މިއީ އެތައް ބައެއްގެ ހިތްތައް ދަމައިގެންފައިވާ ތަރިއެއްވެސް މެއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު 43 އަހަރު ފުރުނު ނިއުމާގެ ހަޔާތުގެ އެކި ކަންތައްތަކީ ސަޕޯޓަރުން ވަރަށް ގާތުން ބަލާ ކަންކަމެވެ. ހާއްސަކޮށް އޭނާގެ ލޯބިވެރިއަކު ހުރޭތޯވެސް މިއީ ގިނަބަޔަކު ކުރާނެ ސުވާލެކެވެ.

ބަތަލާ ނިއުމާ

ދިވެހި ޗެނަލް އިން ގެނެސްދޭ "ލޯބިލޯބިން" ޕްރޮގްރާމްގައި ވާހަކަދައްކަމުން ނިއުމާ ވަނީ އޭނާގެ ލޯބިވެރިއެއް ހުންނަ ކަމަށް ބުނެފައެވެ. އަދި އޭނާ އެއްވެސް އިރެއްގައި ހުސްކޮށް ނުހުންނަ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ވަރަށް އަވަހަށް ޒަވާޖީ ހަޔާތެއް ފަށާނެ ކަމުގެ އިޝާރާތެއް ނިއުމާ ދީފައި ވެއެވެ. އޭނާ ބުނިގޮތުންނަމަ، އެކަކު އަނެކަކަށް އިހްތިރާމް ކުރުމާއި، އިތުބާރު ކުރުމާއި، ސާފް ތާހިރުވުމާއި، ދީނަށް ލޯބި ކުރާ މީހަަކަށް ވުމަކީ އޭނާގެ ހަޔާތުގެ ބައިވެރިއެއްގައި ހުންނަން ޖެހޭ ސިފަތަކެވެ.

"މީހަކު ޗޫޒް ކުރާނަމަ އެ ހުރިހާ ކަމަކަށް ޗޫޒް ކުރާނަން". ނިއުމާ އެ ޕްރޮގްރާމްގައި ބުނެފައި ވެއެވެ.

އޭނާ ވަނީ ދަރިފުޅު ޒޯޔާ ހަސަން އަށްޓަކަައި ނޫން މީހަކަށްޓަކައި ފިލްމް އިންޑަސްޓްރީ ދޫކޮށް ނުލާނެ ކަމަށް ބުނެފައެވެ. އޭނާ ފިލްމް ކުޅުމާއި ދުރަށް ދިޔަ ނަމަވެސް، މިހާރުވެސް އަމިއްލަ ފިލްމީ މަސައްކަތުގައި އުޅެއެވެ. އޭނާ މިހާރު އުޅެނީ ފިލްމް ޕްރޮޑިއުސް ކުރުމުގައެވެ. އެއީ އަހަރަކު ގާތްގަނޑަކަށް އެއް ފިލްމެވެ. އޭނާ ބުނާގޮތުންނަމަ މިކަމާއި ދުރުވީ ދަރިފުޅަށްޓަކައެވެ.

"ކެމެރާ ކުރިމަތިން ނުވެސް ފެންނާނެ، އެކްޓެއް ނުކުރަން މިހާރަކުއެއް، މިހާރު ދެ އަހަރު ތިން އަހަރުވެއްޖެ ކެމެރާ ފުރަގަހުގައި ހުންނަތާ". ނިއުމާ އެ ޝޯގައި ބުންޏެވެ.

ފިލްމީތަރި ނިއުމާ - ފޮޓޯ: އިންސްޓަގްރާމް
ފިލްމީތަރި ނިއުމާ - ފޮޓޯ: އިންސްޓަގްރާމް

ނިއުމާ ބުނީ ލޮތްބަކީ ބައެއް ފަހަރު ލޯބީގެ އެއްޗެއް ކަމަށެވެ. ބައެއް ހާލަތްތަކުގައި ވަރަށް ފާޑެއްގެ އެއްޗެއް ކަމަށެވެ. އެއީ އެކި ގޮތްގޮތަށް ބޭނުން ކުރެވޭ ލަފްޒެއް ކަމަށްވެސް ނިއުމާ ބުނެފައި ވެއެވެ.

އޭނާ ބުނިގޮތުގައި، އޭނާ މީހަކާއި ލޯބީގެ ގޮތުން އެންމެ ފުރަތަަމަ ގުޅުނީ އުމުރުން 21 އަހަރުގައެވެ.

"ސްކޫލް ދައުރުގައި އުޅޭނެ ދޯ ކްރަޝުން، ސީދާ މީހަކާއި ރައްޓެހިވި ޑޭޓް ކުރަން ފެއްޓީ 21 އަހަރުގައި".

ނިއުމާ މީގެ ކުރިން ތިން ކައިވެންޏެއް ކޮށްފައި ވެއެވެ. އޭނާގެ ފުރަތަމަ ކައިވެނި 2002 ހިސާބުގައި ކުރިއިިރު ދެވަނަ އަށް ކައިވެނިކޮށްފައި ވަނީ މަޝްހޫރު ތަރި އަލީ ސީޒަން އާއެވެ. އެ ކައިވެންޏަށް ފަހު އޭނާ ދެން ކައިވެނި ކުރީ ހަސަން ކިޔާ މީހަކާއެވެ. އެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައި ވެއެވެ. އެ ކައިވެނިވެސް ރޫޅިފައިވާއިރު، އޭގެ ފަހުން ނިއުމާ ކައިވެނި ނުކޮށް ހުންނަތާ ވަރަށް ގިނަ އަހަރު ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުސޭނުބޭ

    މިއީ ވަރަށް މުހިއްމު ހަބަރެއް! ބީބީސީ، ސީއެންއެން އަދި އަލްޖަޒީރާއަށްވެސް މި ޚަބަރު ލާންވާނެ!

    64
    1
  2. ދިއްލާ

    ހަކޫބެ ވާހަކަ ދޯ

    23
  3. ނަދާ

    ފުވައްމުލަކު ކުޑަކުއްޖަކާ ހިތާވެގެން މި އުޅެނީ

    27
    3
  4. ޙަަަހަ

    ވަރަށް އިޚްތިރާމާއިއެކު ވަގުތުނޫހަށް އެދެން މިފަދަ އުޅުމެއްނެތް މީހުންގެ ވާހަކަ ޝުރުޚީތަކަށް ނުގެންނަވާށޭ ، މީ ވަރަށް ދެރަ ފޫހިވާހަަކައެކޭ

    23
  5. މޮހޮނު

    ސޯ އޯލްޑް

    21
    3
  6. ބާބާ

    ޗީޗީ

    22
    2
  7. މުޙައްމަދު

    ކައިވެނި ނުކޮށް ހުންނަތާ އެތައް އަހަރެއް. އެކަމަކު އެއްވެސް އިރަކު ހުސްކޮށް ނުހުންނަމޯ. ފިރިއަކަށް ބޭނުންވަނީ ވެސް ދީންވެރިއެކޯ. ކީކޭތަ މިކިޔަނީ. ގެޓެއް ނުވިއޭ

    63
  8. އުގުރި

    ތިހާ ދީނަށް ލޯބިކުރާ ތިހާ ސާފުތާހިރު މީހަކު ހޯދާފި ކަމައް ވަނީނަމަ. ތިއުޅޭ އުޅުން ދޫކޮށް ޖެހޭނީ.
    ރަގަޅު ހެޔޮ ހިތެއްގެ މީހަކު ނަމަ އޭނަގެ އަންހެނުން ނުފޮނުވާނެ ހިލޭ ފިރިހެނެއްގެ އަންމަތީ ގައި މޮޑޭ ކަށެއް.

    24
  9. ކަލޯ

    ހުސް ކޮސް ވާހަކަ

    17
  10. ޅަކުއްޖާ

    އަދިވެސް ދައްތަ މީހުންނާ އިންނަނީތަ؟

    17
    1
  11. އާދަނު

    ހިލޭލިބުނަސް އަހުރެން ގާތެއްނުވާނަށް!

    15
  12. ރަހުމާ

    ކޮބާތަ ނާސިހް ކޮކީ؟

    • ާއެމީ

      އޭނަގެ އަންބަކާ ބިޓުން އެބަތިބި އަދިވެސް މައިތިރި ނުވޭ ލޮލް

  13. ނިޢުމާ ގެ ފޭނެއް

    ވަރަށް ހިތްވަރު ގަދަ ކުއްޖެއް! ދިރި އުޅުން ބިނާ ކުރެވޭތޯ އަމިއްލަ އަށް ބުރަ މަސަކަތް ކުރާ ބަތަލާ އެއް

    4
    2