ދުނިޔެއިން އިންސާނިޔަތުކަން ގެއްލޭ ކަމުގެ ވާހަކަތައް ދެއްކި ނަމަވެސް އަދި ވެސް އިންސާނިޔަތުކަން ދައްކުވައިދޭ އެތައް ކަންތައްތަކެއް ފެނިގެން ދެއެވެ.

މީސް މީޑިޔާގައި މިހާރު ހަލުވިކަމާއި އެކު ދައުރުވަމުންދާ ވީޑިއޯއިން މި އިންސާނިޔަތުކަން ގެއްލިގެން ނުދާކަން ދައްކުވާދެއެވެ.

މިއީ މަގުމަތީގައި ލަވަކިޔަމުން ގެންދިޔަ ޒުވާން އަންހެނަކު ލަވަކިޔުން މެދު ކަނޑާލުމަށް ފަހު، އެއްފަރާތެއްގައި ހުރި ޑަސްބިންއަކުން ޗިކަން ނަގެޓް ހޮވަން ހުރި މީހާއަށް ފައިސާ ދިނުމަށް ފަހު ތާޒާ ޗިކަން ނަގެޓް ގަތުމަށް ބުނާ ވީޑިއޯއެކެވެ.

އެ ވީޑިއޯ ހިއްސާކޮށްފައި ވަނީ އިންސްޓަގްރާމްގައެވެ.

އެ ވީޑިއޯއިން ދެން ފެނިގެން ދަނީ އެ މީހާ ލަވަކިޔުންތެރިޔާއަށް ޝުކުރުއަދާ ކުރުމަށްފަހު ދެއެވެ. އަދި ލަވަކިޔުންތެރިޔާ ލަވަކިޔުން ކުރިއަށް ގެންދެއެވެ. އޭގެފަހުން އެތަނަށް އައި އެހެން މީހަކު ޗިކަން ނަގެޓް ގަތުމަށް ދިން ފައިސާގެ ދެގުނަ ފައިސާ ދެއެވެ.

ލިވާލެންޑް މިޔުޒިކްގެ ނަމުގައި އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާ މި ވޑިއޯގައި ބުނެފައިވަނީ މީހަކަށް ހެޔޮ ކަމެއް ކޮށްދީފިނަމަ އެކަމުގެ ހެޔޮ ބަދަލެއް ލިބޭނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Liv Harland (@livharlandmusic)

ލިވްގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާ ކޮށްފައިވާ މި ވީޑިއޯ ވަނީ އެތައް ބަޔަކު ބަލައިފައެވެ. އަދި 14.3 ހާސް މީހުން ލައިކް ދީފައިވާ މި ވީޑިއޯއަށް އެތައް ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ.

ލިވް ކަންތައް ކުރި ގޮތުން މީސް މީޑިޔާގައި އެތައް ބަޔަކު ދަނީ ލިވްއަށް ތައުރީފު ކުރަމުންނެވެ. އެތައް ބައެއްގެ ހިތްތަކަށް މިކަމުން އަސަރު ކުރި ކަމަށް ވެސް ކޮމެންޓުގައި ލިޔެފައިވެއެވެ.

މިއީ މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެއް ކަމަށް ވެސް ގިނަ ފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު