ފާހާނާގައި ގިނަ އިރުވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ ކަމެކެވެ. މިއީ ބައެއް މީހުން ކުރާ ހިތުން ކުރާ ކަމެއް ނަމަވެސް މިއީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ޑޮކްޓަރުން މިވަނީ ބުނެފައެވެ.

ކޮންޓެންޓް ކުރިއޭޓަރ އަދި ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ ކަރަން ރާޖަންއަކީ ސިއްހީ ހޭލުންތެރިކަން އިތުރު ކުރުމަށް މީސް މީޑިޔާގައި ވީޑިއޯ ހިއްސާ ކުރާ މީހެކެވެ.

މި ވީޑިއޯތަކުން ފާހަގަ ކޮށްލެވޭ އެއް ވީޑިއޯއަކީ ފާހާނާގައި 10 މިނިޓަށް ވުރެ ގިނައިރު ނުކުރުމަށާއި އެކަމުގެ ސަބަބުން ދިމާވެދާނެ ކަންތައްތައް ހިއްސާ ކޮށްފައިވާ ވީޑިއޯއެވެ.

ހެމޮރޮއިޑް އޮޕަރޭޝަން ކުރަން ބޭނުން ނޫން ނަމަ ފާހާނާގައި ގިނައިރު ނުކުރުމަށް ޑޮކަޓަރު އިރުޝާދު ދީފައިވެއެވެ. ހެމޮރޮއިޑްސްއަކީ ފުރަގަސް ފަރާތަށް ކުރިމަތިވާ ބައްޔެކެވެ. މިއީ ގިނަފަހަރަށް އަލާމާތް ވެސް ނުފެންނަ ބައްޔެކެވެ. ޕައިލްސް ފަދަ ކަންތައްތައް ކުރިމަތިވެއެވެ.

މިއީ ބައެއް ފަހަރަށް އަމިއްލައަށް ވެސް ރަނގަޅުވާ ބައްޔެކެވެ. ނަމަވެސް މިކަން ވިޔަ ނުދިނުމަށް ކުރެވޭނެ ބައެެއް ކަންތައްތައް ޑޮކްޓަރ ކަރަން ވަނީ ހިއްސާ ކޮށްފައެވެ.

ނުކުރަންވީ ކަންތައްތައް ކަމަށް ބުނެ ޑޮކްޓަރު ވަނީ ތިން ކަމެއް މި ވީޑިއޯގައި ހިއްސާ ކޮށްފައެވެ. އެގޮތުން ފާހާނާގައި ގިނައިރު ނުކުރުމަށާއި 10 މިނިޓަށް ވުރެ ގިނައިރު ނުކުރުމަށް ވެސް ބުނެފައިވެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޑޮކްޓަރ ފާހަގަ ކޮށްފައިވަނީ ފާހާނާގައި އިންނައިރު ޕްރެޝާ ނުލުމަށެވެ. އަދި އެންމެ ފަހު ކަމެއްގެ ގޮތުން ފާހަގަ ކޮށްފައިވަނީ ކެއުމުގައި ފައިބަރ ބޭނުން ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އއ

    ފާޚާނާއަށް ވަންނައިރު ދުޢާކިއުމަށާއި އަދި ނުކުންނައިރުވެސް ދުޢާ ކިއުމަށާއި އަދި ފާޚާނާގައި ގިނައިރު ނުވުމަށް މާތް ނަބިއްޔާ ޞޢވ ވަނީ އަމުރުކުރައްވާފަ. ފާޚާނާއަކީ ޝައިތާނުން އެންމެ ގިނައިން އުޅޭ ތަނެއްކަމުގައިވަނީ.

    27