މީސް މީޑިއާއަކީ ތަފާތު އެތައް ވީޑިއޯއެއް ދައުރުވާ ތަނެކެވެ. ކޮންމެ ދުވަހަކުވެސް މިފަދަ އެތައް ވީޑިއޯއެއް ދައުރުވެއެވެ. އަދި ހާއްސަކޮށް ތަފާތު ވީޑިއޯއެއް ނަމަ އެތައް ހާސް ލައިކްސްވެސް ލިބެއެވެ.

މިއީވެސް އެގޮތަށް ދައުރުވި ތަފާތު ވީޑިއޯއެކެވެ. އެތައް ބައެއްގެ ސަމާލުކަން ލިބުނު ވީޑިއޯއެކެވެ. އެ ވީޑިއޯ ފަށަނީ ދެ އަހަރުގެ އަންހެން ކުއްޖެއްގެ ލޮލުގައި އައިނު އަޅުވަން އޭނާގެ ބައްޕަ ކުރަމުންދާ މަސައްކަތުންނެވެ. އޭގެ އިރުކޮޅެއް ފަހުން އެ ކުއްޖާއަށް އޭނާއަށް ސާފްކޮށް ފެންނަކަން އެނގެއެވެ. މިއާއެކު އެ ކުއްޖާ ވަރަށް ބޮޑަށް އުފާވެފައި ހުރިކަން އެނގެއެވެ. އަދި ވީޑިއޯ ނިމެންދެން އައިނު ނަގާ އަޅާ ހަދައެވެ. އައިނު އަޅައިގެން ހުރި ތަފާތާއި، އައިނު ނަގައިގެން ހުރި ތަފާތު އެ ކުއްޖާ އަމިއްލައަށް ވަޒަންކޮށްލަނީއެވެ.

އެ ކުއްޖާއަކީ ލޮލުގެ މައްސަލަ ހުންނަ ކުއްޖެކެވެ. އެ ކުއްޖާއަށް ސާފްކޮށް ތަންތަން ނުފެންނަ ކަމަށް ވެއެވެ. އެކަމަކު އައިނު އެޅުމުން އޭނާއަށް ސާފްކޮށް ތަންތަން ފެންނަން ފަށައެވެ.

ޓްވީޓާގައި އެ މަންޒަރުގެ ވީޑިއޯ ނޮވެމްބަރު 11 ވަނަ ދުވަހު ދައުރުވިއިރު، މިހާތަނަށް އެ ވީޑިއޯއަށް ހަ ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ. އަދި 15000 ލައިކްސް އާއި 257 ކޮމެންޓް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު