ޖައްވީ ހޯދުންތަކުގެ ރޮނގުން ހޯދިފައިވާ ކުރިއެރުންތަކާއެކު، ސްޕޭސް ރިސޯސް ގެ ބޭނުން ހަރުދަނާ ގޮތެއްގައި ހިފުމަށް މަގުފަހިކޮށްދޭ ޓެކްނޮލޮޖީތަކަށް އިންވެސްޓްކުރާ ގިނަ ވަގުތުތަކާއި ފައިސާ ފަހަކަށް އައިސް ވަނީ އެންމެ ފުރިހަމަ ގޮތުގައި އޭގެ ބޭނުން ހިފޭނެ ގޮތްތައް ފެނިފައެވެ. އަދި މި މަސައްކަތްތަކުގެ އެންމެ ކުރީސަފުގައި ލޭޒަރ ތޫނު ފޯކަސްއަކަށް ވެފައި ވަނީ ހަނދުގައި އޮކްސިޖަން އުފެއްދޭނެ އެންމެ ރަނގަޅު ގޮތް ހޯދުން ކަމަށްވާއިރު އެކަން މިއޮތީ ހާސިލް ވެފައެވެ،
މިދިޔަ އޮކްޓޯބަރު މަހު އޮސްޓްރޭލިއާގެ ސްޕޭސް އެޖެންސީ އާއި ނާސާ އިން ވަނީ އާޓެމިސް ޕްރޮގްރާމްގެ ދަށުން އޮސްޓްރޭލިއާއިން އުފައްދާ ރޯވަރއެއް ހަނދަށް ފޮނުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ ބޭނުމަކީ ހަނދުގެ މަތީ ފަށަލައިގައިވާ ހިލަތަކުގައި އޮކްސިޖަން ހުރި މިންވަރު ދެނެގަތުމެވެ.
ހަނދުގައި ޖައްވެއް އޮތް ނަމަވެސް، އެއީ ވަރަށް ތުނި އަދި ގިނަ ފަހަރަށް ހައިޑްރޯޖަން، ނިއޯން އަދި އާގަން އެކުލެވޭ ޖައްވެކެވެ. އެއީ އިންސާނުން ފަދަ އޮކްސިޖަންއަށް ބަރޯސާވާ ޖަނަވާރުތަކަށް ތަހައްމަލު ކުރެވޭނެ ގޭސް މިކްސްޗާގެ ބާވަތެއް ނޫނެވެ.
ހަޤީޤަތުގައި ހަނދުގައި އޮކްސިޖަން ވަރަށް ގިނައެވެ. އޭގެ ބޮޑު އިންސައްތައެއް ހުރީ ހަނދުގެ ސަތަހައިގެ ތެރޭގައި ފޮރުވިގެންދާ ހިލަ އާއި ރަނގަޅު ކުނޑިތަކުގެފަށަލައިގައެވެ. އެއިން އޮކްސިޖަން ބޭރުކުރެވޭ ނަމަ، ހަނދުގައި އިންސާނުންގެ ފުރާނައަށް އެހީތެރިވުމުގެ ގޮތުން ފުދޭނެ ހެއްޔެވެ؟
ހަނދުގެ ސަތަހައިގައި ހުރި ހިލަތަކުގައި 45 އިންސައްތަ އޮކްސިޖަން ހުރި އިރު އިންސާނުން ކުރަންޖެހޭހާ މަސައްކަތަކީ ހަކަތައިގެ އެހީގައި އެ އޮކްސިޖަން ނެރެޖައްވަށް ބޭރުކުރުމެވެ.
މިއަހަރުގެ ކުރީކޮޅު ބެލްޖިއަމްގައި ހުންނަ ސްޓާޓްއަޕް ސްޕޭސް އެޕްލިކޭޝަންސް ސަރވިސަސްއިން ވަނީ އިލެކްޓްރޯލައިސިސް މެދުވެރިކޮށް އޮކްސިޖަން އުފެއްދުމުގެ މަސައްކަތް ރަނގަޅުކުރުމަށް ތިން އެކްސްޕެރިމެންޓަލް ރިއެކްޓަރު ބިނާކުރަމުން އަންނަކަން ހާމަކޮށްފައެވެ. އެމީހުން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރު އަންނަންވާއިރަށް މި ޓެކްނޮލޮޖީ ހަނދަށް ފޮނުވާނީ ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އިން-ސިޓޫ ރިސޯސް ޔޫޓިލައިޒޭޝަން (އައިއެސްއާރްޔޫ) މިޝަންގެ ދަށުންނެވެ.
ސައިންސުވެރިން ލަފާކުރާގޮތުގައި ހަނދުގައި ހުރި އޮކްސިޖަންއިން އަށް ބިލިއަން އިންސާނުންނަށް 100،000 އަހަރަށް އުޅެވޭނެ އެވެ. އިންސާނުން އާބާދުވެ ޓެކްނޮލޮޖީގެ ދާއިރާ ފުޅާވުމުން މިއަށް ބަދަލުތަކެއް އައުމަކީވެސް ވެދާނެ ކަމެކެވެ.
އަންނި ފޮނުވާލަން ފެނޭ ތިތަނައް.
ޔާމިނު ގެންދަން ފެންނަނީ ވައްކަންކުރާވަރުން ނުކުޅަދާނައޭ.