އިންޑިއާގެ ބިހާރްގެ ލަކިސަރާއީ ޑިސްޓްރިކްޓްގައި މިއަދު ހެނދުނު ހިނގާދިޔަ އެކްސިޑެންޓްގައި މިދިޔަ އަހަރު މަރުވި ބޮލީވުޑް އެކްޓަރ ސުޝާންތް ސިންގް ރާޖްޕުތްގެ ތިމާގެ ފަސް މީހަކު މަރުވެއްޖެއެވެ.

މި ހާދިސާގައި ޖުމްލަ ހަ މީހަކު މަރުވިއެވެ. ކާރަކާއި ޓްރަކެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އިތުރު ހަތަރު މީހަކަށްވެސް އަނިޔާވިއެވެ.

މި ހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއްވެސް ވެފައި ވެއެވެ. އަދި ޓްރަކް ދުއްވަން އިން މީހާ ވަނީ ފިލާފައެވެ.

ފުލުހުން ބުނީ، މަރުވި މީހުންގެ ތެރޭގައި ދެ އަންހެންވެސް ހިމެނޭ ކަަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުންނަކީ ސުޝާންތްގެ އާއިލާއާ ދުރު ތިމާގެ މީހުންނެވެ.

އަދި އަނިޔާވި ދެ މީހުންނަށް ޕަޓްނާ މެޑިކަލް ކޮލެޖްގައި ދަނީ ފަރުދެމުންނެވެ. އެ މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސުޝާންތްވެފައި ވަނީ ބޮލީވުޑްގައި ފިޔަޖަހަން ފެށި ތަރިއަކަށެވެ. އޭނާ މަރުވެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި އަމިއްލައަށެވެ.

ޝުޝާންތު އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ޓީވީ ސީރީޒް "ޕަވިތްރާ ރިޝްތާ" އިންނެވެ. އޭނާ 2013 ވަނަ އަހަރު ބޮލީވުޑުގައި ހަރަކާތްތެރިވާން ފެށުމާއެކު ގިނަ ބައެއްގެ ތަރުޚީބު އޭނާއަށް ލިބިގެން ދިޔައެވެ. އޭނާގެ ފުރަތަމަ ފިލްމަކީ "ކައި ޕޯ ޗޭ" އެވެ.

އޭގެ ފަހުން އޭނާ ފެނިގެން ދިޔަ ފިލްމްތަކުގެ ތެރޭގައި މަޝްހޫރުވި ފިލްމް، "ޕީކޭ" އާއި "ޝުދް ޑޭސީ ރޮމޭންސް" އަދި "އެމް.އެސް ދޯނީ - ދަ އަންޓޯލްޑް ސްޓޯރީ" ހިމެނެއެވެ.