ބޮލީވުޑުގެ ބަތަލާ ބިޕާޝާ ބާސޫއަކީ ބޮލީވުޑު ފަންނާނުންގެ ތެރެއިން އެންމެ ގިނައިން ރާއްޖެ އަންނަ ފަންނާނުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ބިޕާޝާ ވަނީ މި އަހަރު ކުރީކޮޅު ފިރިމީހާގެ އުފަންދުވަސް ފާހަގަ ކުރުމަށާއި އަހަރުގެ ފަހުކޮޅު ބިޕާޝާގެ މަންމަގެ އުފަން ދުވަސް ފާހަގަ ކުރުމަށް ވެސް ރާއްޖެ އައިސްފައެވެ.

ބިޕާޝާ އަދި ވެސް ރާއްޖޭގެ ހަނދާނުގައި ހުރިކަން ދޭހަކޮށްދެނީ މީސް މީޑިޔާގައި ހިއްސާ ކުރާ ޕޯސްޓު ތަކުންނެވެ.

ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބިޕާޝާގެ އިންސްޓަގުރާމު އެކައުންޓުގައި ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ ވީޑިއޯއެއް ވަނީ ހިއްސާ ކޮށްފައެވެ. އަދި ބިޕާޝާއަށް އެންމެ ހިތްގައިމު ނޫ ކުލައަކީ މިއީ ކަމަށް ވެސް ބުނެފައިވެއެވެ.

އުޑާއި މޫދުގެ ރީތި ނޫކުލަ ފެންނާނެހެން ހިތްގައިމު ދޮންވެލި ގަނޑެއްގެ މަތީގައި ބިޕާޝާ އުނދޯލި ހެއްލާލައި މޫދުގެ ރާޅުތަކާއި ސަމާސާ ކޮށްލާ ވީޑިއޯ ވަނީ އެތައް ބަޔަކަށް ކަމުގޮސްފައެވެ.

މި ޕޯސްޓަށް ކޮމެންޓް ކޮށްފައިވާ ގިނަ ބައެއްގެ ތެރެއިން ބިޕާޝާގެ ފިރިމީހާ ކަރަން ސިންގް ގްރޯވަރ ހިމެނެއެވެ. ކަރަންގެ ކޮމެންޓްގައި ބިޕާޝާގެ ރީތިކަމަށް ތަޢުރީފު ކޮށްފައިވެއެވެ.

ރާއްޖޭގެ ހިތްގައިމު ކަމާއި ރީތި ކަމަކީ ބޮލީވުޑުގެ ފަންނާނުން ރާއްޖޭގެ ދަތުރު ނިންމާލުމަށް ފަހު އެނބުރި ގައުމަށް ދިޔުމަށް ފަހުގައި ވެސް ހަނދާނުން ފިލުވާލަން ދަތި މަންޒިލެކެވެ. ރާއްޖެއިން ދިޔުމަށް ފަހު އެތައް ފަންނާނުންނެއް ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ހިއްސާ ކޮށްފައެވެ.

ބޮލީވުޑު އެތައް ފަންނާނުންނެއް ދަނީ އަހަރަކު އެތައް ފަހަރަކު ވެސް ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ ދެ ފަންނާނުންނަކީ ސާރާ ޢަލީ ޚާނާއި ޝްރައްދާ ކަޕޫރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯހަން

    އެހެންތަ ؟ ބިޕާ އިންދަ މަލޑިވސް ނަމުގަ ކުރު ފިލްމެއް ހަދަން މަހްލޫފް ކައިރީ ބުނަންވީނުން.