ބޮލީވުޑުގެ ބަތަލާ ސާރާ ޢަލީ ޚާން ކައިވެނި ކޮށްގެން ވެސް އުޅެން ބޭނުންވަނީ އޭނާގެ މަންމައާއި އެކުގައި ކަމަށް ބުނެފިއެވެ.

އަމްރިތާ ސިންގް އާއި ސައިފް ޢަލީ ޚާން ވެރިވެފައިވީ ނަމަވެސް އެދެމީހުންގެ ދޮށީ އަންހެން ދަރި އުޅެމުން ދަނީ މަންމައާއި އެކުގައެވެ.

ސާރާގެ މަންމަ ދެކެ ލޯބިވާ މިންވަރު އިންޓަވިއު ތަކުގައި ވެސް ވަރަށް ގިނައިން ބުންޏެވެ.

ފިލުމު އަތުރަންގީ ރޭގެ ޕްރޮމޯޝަނެއްގައި ވާހަކަ ދައްކަމުން ސާރާ ބުނެފައިވަނީ މި ފިލުމުގައި އޭނާ ދައްކުވައިދީ ފައިވާ ކެރެކްޓަރ އަކީ އޭނާގެ އަސްލު ދިރިއުޅުމާއި ވަރަށް ތަފާތު ކެރެކްޓަރއެއް ކަމަށެވެ.

އަސްލު ދިރިއުޅުމުގައި އިންޓަވިއުއަކަށް އަންނަން ތައްޔާރު ވާއިރު މަންމަ ބުނާ ކުލައެއްގެ ތަނޑިބައެއް ނޫނީ ބޭނުން ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ސާރާ ބުނެފައިވަނީ އޭނާ ކައިވެނި ކުރަން ބޭނުންވަނީ ވެސް އޭނާއާއި އޭނާގެ މަންމައާއި އެކު އައިސް ދިރިއުޅެވޭނެ މީހަކާ ކަމަށެވެ.

ދުވަހަކު ވެސް މަންމަ ދޫކޮށްފައި ނުދާނެ ކަމަށްވެސް ސާރާ ބުންޏެވެ. އަދި މަންމައަކީ ސާރާގެ ތިންވަނަ ލޯ ކަމަށް ވެސް ބުނެފައިވެއެވެ.

"އެހެންވީމާ މަންމަ ދޫކޮށްލާފައި އޭނާ ދާނެ އެއްވެސް ސަބަބެއް ނޯންނެ" ސާރާ ފާހަގަ ކޮށްފައިވެއެވެ.

މަންމަ ދޫކޮށްލާފައި ދާނެހާ ހިތްވަރު ނެތް. ކޮންމެ ތަނަކަށް ކޮންމެ މީހަކާ އެކު ދިޔަ ނަމަވެސް އެނބުރި ގެއަށް އަންނަން ޖެހޭނެ. އެހެންވީމާ މަންމައާއި ދުރަކަށް ނުދެވޭނެ" ސާރާ ބުނެފައިވެއެވެ.

ސާރާ މިހާރު ޕްރޮމޯޓް ކުރާ ފިލުމުން އޭނާގެ އިތުރުން ދެން ފެނިގެން ދާނީ އަކްޝޭ ކުމާރާއި ދަނުޝްއެވެ.