އެޕަލް ކުންފުނިން ކުރީގެ އައިފޯނުތައް ބޭނުން ނުކުރެވޭ ގޮތް ހަދަން ވިސްނާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ލީކުވެފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން އެޕަލް އިން އައިފޯންގެ ދުވަސްވީ އެތައް މިލިއަން މޮޑެލްތައް "ހަލާކުކޮށްލަން" މިވަނީ ވިސްނައިފައެވެ.

ޓެކް ޓައިޓަން އިން އިންޒާރު ދިން ގޮތުގައި އެޕަލް އިން އެ ކުންފުނީގެ "ވިންޓޭޖް ޕްރޮޑަކްޓްސް" ލިސްޓް އަޕްޑޭޓް ކުރަން އުޅޭ ކަމުގެ އިންޒާރު ދީފައި ވަނީ އައިފޯންގެ ހުރިހާ އޯނަރުންނަށް ވެސް މިކަންތައްތައް އެނގެން ޖެހޭ ފަދަ ލިސްޓަކަށްވާތީއެވެ. އައިފޯންގެ ގިނަ މޮޑެލްތަކެއް މިހާރުވެސް ވަނީ "ވިންޓޭޖް" އަދި "ދުވަސްވެ ވީރާނާވެފައިވާ" ކަމަށް ކަނޑައަޅައިފައެވެ.

ނަމަވެސް މެކްރޫމާސް އިން ތުހުމަތު ކުރާ ގޮތުގައި އައިފޯން 6 ޕްލަސް އިން މި ލިސްޓަށް ގުޅޭނީ ޑިސެމްބަރު 31 ގައި ކަމަށް ބުނެ އެޕަލްގެ އެތެރޭގެ މެމޯއެއް ވަނީ ފެނިފައެވެ. އެޕަލް އިން 2015 ވަނަ އަހަރު ލޯންޗުކުރި އައިފޯން 6 އަދި އައިފޯން 6 ޕްލަސްގެ އެތައް މިލިއަން މޮޑެލްއެއް ދުނިޔޭގެ އެކި ހިސާބުތަކަށް ވިއްކާލިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައިފޯން 6 އަކީ "2023 ވަނަ އަހަރާ ހަމައަށް ރައްކާތެރި" ފޯނެއް ނަމަވެސް އައިފޯން 6 ޕްލަސް އަކީ މިހާ ނަސީބު ގަދަ ފޯނެއް ނޫނެވެ.

އައިފޯނެއް "ވިންޓޭޖް" ލިސްޓަށް ބަދަލުވުމުން، އެ މޮޑެލްއަށް ބޭނުންވާ ސްޕެއާ ޕާޓްސް އާއި މަރާމާތު ހޯދަން ކުއްލިއަކަށް ވަރަށް ބޮޑަށް އުނދަގޫވެ އެވެ. އެހެންވެ ޑިވައިސްގައި ކަމެއް ގޯސްކޮށް ހިނގައިފި ނަމަ އެކަން ފިކްސިންގެ ގޮތުން ލިމިޓްވެއެވެ.

އެޕަލްގެ އައިއޯއެސް 15 އިންސްޓޯލް ކުރެވޭނީ އައިފޯން 6 އެސް ނުވަތަ އޭގެ ފަހުގެ ފޯނުތަކުގައެވެ. އެހެންވީމަ މި ދުވަސްވީ މޮޑެލްތަކުގެ ތެރެއިން އެތައް މިލިއަން މޮޑެލްތަކެއް ފޭސްއައުޓް ވެގެން ދާކަން އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

ހަގީގަތުގައި އެޕަލް އިން އައިއޯއެސް 13 ނެރުމާއެކު މީގެ ދެ އަހަރު ކުރިން އައިފޯނަށް އޮތް ސަޕޯޓް ކަނޑާލި އެވެ. އައިފޯން 6 ޕްލަސް ވަރަށް އަވަހަށް ވިންޓޭޖް އަކަށް ވެގެންދާނެ ކަން އެޕަލް އިން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެހެން

    އެހެންވީމާ ކިޑްނީ ވިއްކައިގެން ގަތް އަގުބޮޑު އައިފޯނުގެ ބޭނުމެއްނުކުރެވޭނެ.