ދުނިޔޭގެ އެންމެ ބޮޑު ތުންފަތް ހުންނަ އަންހެން މީހާގެ ލަގަބު ހޯދާފައި މިވަނީ ސޯފިއާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އެންޑްރިއާ އިވަނޯވާ އެވެ. އޭނާ މިހާރު ވިސްނަމުންދަނީ 27 ވަނަ ފަހަރަށް ތުންފަތް އިންޖެކްޓް ކޮށްގެން ކުރިޔަށް އޮތް ޗުއްޓީގައި މިހާރަށްވުރެ ގިނަ ބައެއްގެ ސަމާލުކަން ހޯދުމަށެވެ.

އެންޑްރިއާ އިވަނޯވާ އުންމީދު ކުރަނީ ތުންފަތް ބޮޑުކުރާ މި އިންޖެކްޝަންތަކުގެ ސަބަބުން ބްރާޓްޒް ޑޯލްއެއް ފަދައިން އޭނާގެ ސިފަ އިތުރަށް ރީތިވުމަށް އެހީތެރިވެދޭނެ ކަމަށެވެ. އެންޑްރިއާ ދާދި ފަހުން ވަނީ އޭނާގެ ދަތްދޮޅީގެ ބައްޓަން ބަދަލުކޮށް، ގާތްގަނޑަކަށް 500 ޕައުންޑް(10,273 ރުފިޔާ) ހަރަދުކޮށްގެން މޫނު ދިގުކުރުމާއި ކޮންޓޯރިންގް ޕްރޮސީޖާއެއް ހެދުމަށް އޭނާގެ ޑޮކްޓަރު ކައިރިއަށް ގޮސްފައެވެ.

ބްރެޓްޒް ޑޯލްއަކާ އެއްގޮތް ވުމަށް އޭނާ ދެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އޭނާގެ މޫނުގެ ކަށިތައް ބައްޓަންކޮށް ބޮޑުކުރުމަށް އިތުރު ޕްލާސްޓިކް ސާޖަރީއެއް ކުރުން ހިމެނެއެވެ.

އެންޑްރިއާގެ ބޮޑު ތުންފަތަށް އެތައް ބަޔަކު ތައުރީފު ކުރަމުންދާއިރު ބައެއް ފަރާތްތަކުން އޭނާ އަށް ވަރަށް ބޮޑަށް މަލާމާލްކުރާކަންވެސް ފާހަގަ ވެއެވެ. ނަމަވެސް އެންޑްރިއާ އޭނާގެ 8،828 އިންސްޓަގްރާމް ފޮލޯވަރުންނަށް އޭނާގެ ޔުނީކް ލުކްގެ އަޕްޑޭޓްތައް ބަރާބަރަށް ޕޯސްޓުކުރެއެވެ. އޭނާ ދެކޭގޮތުގައި މިއީ އޭނާއަށް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ފިރިހެނުންނެއް އަހަންނަށް ސޯޝަލް މީޑިއާ ނެޓްވޯކްތަކުގައި ފައިސާ އާއި ދަތުރުތައް އަދި އަބަދު ބައްދަލުކުރުމަށް ދައުވަތު ދޭ ވާހަކަ ލިޔެފައި ހުރެ އެވެ."އެންޑްރިއާ ބުންޏެވެ:

ތުންފަތް ބޮޑުކުރުމަށް ކޮންމެ ފަހަރަކު ގާތްގަނޑަކަށް 200 ޕައުންޑް(4،100 ރުފިޔާ) ހަރަދުކުރާއިރު މިހާ ގިނަ އިންޖެކްޝަންތަކެއް ޖެހުމުން ތުންފަތް ފަޅައިގެން ގޮސްދާނެތީ އެންޑްރިއާ އެއްވެސް ބިރެއްވެސް ނުގަނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނީމޯ

    ތުންފަތް ބޮޑުކުރީމަ ޑޯލްއަކާ ވައްތަރެއް ނޫން..ކާޓޫނުތަކުގަ އުޅޭ ވައްތަރުގެ މަހަކާ ވައްތަރީ..އުޅޭނެ ނޫޅޭ ގޮތެއް ނޭނގިގެން މޮޔަވެގެން އުޅޭ ބައިގާގެ މީހެއް..

    58
    1
  2. Anonymous

    ދޮންފަޅޯމަހަށް ވުރެވެސް ހަޑި

    30
    1
  3. ހަދާ

    ހަމަ ހިނިއަންނަނީ އޭނަ މުސްކުޅިވީމަ ހުންނާގޮތް ހިތަށް އަރާފަ
    ރޫމޫނެއްގެ ތެރޭ ބޭރަށް އެލިފަ އޮންނަ ބޮޑުރޫޖެހި ތުންފަތެއް އޮންނާނީ ހެން ހީވަނީ

    27
    1
  4. ހަސީ

    މޮޔަވެބަލަ

    11
  5. Anonymous

    ހީވަނީ ބޮޑު ބައްޔެއްޖެހިފަ ހުރީހޭން

    11