ބޮލީވުޑުގެ އެކްޓަރ ރަންވީރު ސިންގް އާއި ބަތަލާ ދީޕިކާ ޕަދުކޯން ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ކައިވެނި ކުރުމުގެ ކުރިން މި ދެފަންނާނުން ވަނީ ފަސް އަހަރު ދުވަހު ރައްޓެހިވެގެން ވެސް އުޅެފައެވެ. އެއިރުން ފެށިގެން މިއަދާ ހަމައަށް ''ކަޕްލް ގޯލްސް'' ގެ އެތައް ކަންތައްތަކެއް ދައްކުވައިދީފައިވާ މި ދެމަފިރިން ވަނީ އުފާވެރި، އަދި ކާމިޔާބު ކައިވެންޏަކަށް ކުރެވިދާނެ ކަންތައްތައް ހިއްސާ ކޮށްފައެވެ.

ފިލުމު ކޮމްޕޭނިއަންއަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނެފައިވަނީ އެހެން މީހުންނެކޭ އެއްފަދައިން އެދެމީހުން ވެސް މައްސަލަ ޖެހޭ ކަމަށެވެ.

''އަހަރެމެން ދެމީހުންގެ އެންމެ މުހިންމު އެއް ކަމަކީ މުއާމަލާތް ކުރުން. ކަންތައްތަކާއި މެދު ވާހަކަ ދެއްކުން. އަހަރެމެން ވަރަށް ގިނައިން ކަންތައްތަކާއި މެދު ވާހަކަ ދައްކަން. ބައެއް ފަހަރަށް ކަންތައްތަކަށް ދެމީހުންނަށް އެއްބަސްވެވޭ. ބައެއް ފަހަރަށް ދެބަސް ވެސް ވެވޭ. ނަމަވެސް އެކަންކަމާއި ވާހަކަ ދެއްކުމުން ކައިވެނި އުޖާލާ ވާނެ'' ދީޕިކާ ބުނެފައިވެއެވެ.

މީގެއިތުރުން ދީޕިކާ ބުނެފައިވަނީ ބައެއް ފަހަރަށް ރަންވީރު ބުނާ ގޮތަށް ކަންތައްތައް ނިމޭ ކަމަށާއި ބައެއް ފަހަރަށް އޭނާ ބޭނުންވާ ގޮތަށް ކަންތައްތައް ނިމޭ ކަމަށެވެ.

''ބައެއް ކަންކަމުގައި ރަންވީރު އަހަރެން ބޭނުންވާ ގޮތަށް ކަންތައް ނިންމާލާނެ. އަދި ބައެއް ކަންކަމުގައި އަހަރެން ބޭނުންވާ ގޮތް ބުނުމަށް ފަހު ވެސް ރަންވީރު ބޭނުންވާ ގޮތަށް އެކަމެއް ނިމޭ. އެއީ ހަމަ ވާހަކަ ދައްކައިގެން'' ދީޕިކާ ބުނެފައިވެއެވެ.

ފިލުމީ މަސައްކަތަށް ބަލާއިރު މި ދެމަފިރިން ދެން އެންމެ އަވަހަށް ފެންނާނީ ފިލުމު ''83'' އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަހަރެންގެ ބަހަކީ ވިކޭ އެއްޗެއްނޫން ދެން ކިހިނެއްތޯ ހަދަންވީ. ވަގުތު މީހުން ކައިރީން މި އަހަނީ.