ބޮލީވުޑްގެ ބަތަލާ ޖެކުއެލިން ފެނާންޑަޒްގެ މައްޗަށް ކުރެވުނު މަނީ ލޯންޑްރިން މައްސަލައިގައި ދޮގު ހަދާ ކަމަށް މި މައްސަލަ ބަލައި އީޑީ އޮފީހުންނާއި މައްސަލައިގައި ކުށްވެރިވާ ސުކޭޝް ޗަންދުރަޝޭކަރު ބުނެފިއެވެ.

މި މައްސަލައިގައި ތިން ފަހަރަށް ތަހުގީގަށް ހާޒިރު ކުރެވިފައިވާ ޖެކުއެލިން ތެދު ބަޔާން ނުދޭ ކަމަށާއި އޭނާގެ ދައްތަގެ އެކައުންޓަށް ފޮނުވި ފައިސާގެ އަދަދު ދޮގު ކޮށްފައިވާ ކަމަށް ވެސް މި މައްސަލައިގައި ޝުކޭޝް ބުނެއެވެ.

''އަހަރެން ޖެކުއެލިންއަށް ދިނިން 15 ކަންފަތުލާ މުދި، 5 ބަރކިން ދަބަސް، އަދި ބްރޭންޑް އަތް ދަބަސްތަކާއި، އަގުބޮޑު އަތުގަ އަޅާ އެއްޗެއްސާއި، 7 ކްރޯރް ރުޕީސްގެ ޑައިމަންޑް ޖަހާފައިވާ ކަންފަތު މުދި، އަދި ބުރޭންޑް އަތުގައި އަޅާ ގަޑި ވެސް ހަދިޔާ ކުރިން'' ސުކޭޝް ބުނެފައިވެއެވެ.

މީގެއިތުރުން އެމެރިކާގައި ހުންނަ ޖެކުއެލިންގެ ދައްތައެއްގެ އެކައުންޓަށް 180،000 ޑޮލަރު ފޮނުވާފައިވާނެ ކަމަށް ސުކޭޝް ބުނެފައިވި ނަމަވެސް ޖެކުއެލިން ބުނެފައިވަނީ އެއީ 150،000 ޑޮލަރު ކަމަށެވެ. އަދި ބީއެމްޑަބްލިޔު ކާރެއް ވެސް ދީފައިވާ ކަމަށް ސުކޭޝްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޖެކުއެލިންގެ މައިންބަފައިންނަށް ވެސް ހަރަދުކޮށް އަގުބޮޑު ހަދިޔާ ފޮނުވާފައިވާނެ ކަމަށާއި، ޖެކުއެލިން ބޭނުން ކުރުމަށް ސުކޭޝްގެ ޕްރައިވެޓް ޖެޓް އެތައް ފަހަރަކު ދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް ޖެކުއެލިންގެ ބަޔާނުގައި އޭނާ އެއްބަސްވެފައިވަނީ ހަމައެކަނި ޖެކުއެލިންއަށް ހަދިޔާތަކެއް ލިބިފައިވާ ކަމަށެވެ. ފަހުން ވަނީ އޭނާގެ ދައްތަގެ އެކައުންޓަށް ފައިސާ ފޮނުވި ކަމަށް ވެސް އެއްބަސްވެފައެވެ. ނަމަވެސް ފޮނުވި އަދަދު ޖެކުއެލިން ވަނީ އޮޅުވާލާފައެވެ.

މި މައްސަލައާއި ގުޅިގެން އީޑީ އޮފީހުން ވެސް ވަނީ ޖެކުއެލިން ތެދު ބަހުން ވާހަކަ ދެއްކުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެމަންޖެގެ ކޮން ކުށެއް އޮތީ މީހަކު ދިން ހަދިޔާތަކެއް އެމަންޖެގެ ފަރާތުން އުފާ ލިބޭތޯ.

  2. ޝައްފަ (32 އަހަރު)

    ޔާމިނު ބުނީ ރަނގަޅަށް. އަނބިމީހާ ވެސް ޙަރާމެއް ޙަލާލެއް ނުބަލާ އިރު އަދި ޖެކިއުލިން ވަކި ބަލާނެތަ؟ މަ ނަމަވެސް ނުބަލާނަން.