މަނީ ލޯންޑަރިންގެ މައްސަލައިގެ ތުހުމަތު ކުރެވިފައިވާ ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ސްރީ ލަންކާގެ މަޝްހޫރު ބަތަލާ ޖެކޮލިން ފާނާންޑޭޒް ގައުމުން ބޭރަށް ދިއުމުގެ ހުއްދަ ދިއްލީގެ ކޯޓަކުން ދީފިއެވެ.

ގައުމުން ބޭރަށް ދިއުމުގެ ހުއްދަ ޖެކޮލިން އަށް ދީފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާ އަމިއްލައަށް ގައުމުން ބޭރަށް ދާން ހުއްދަ އަށް އެދިފައި ވަނިކޮށެވެ.

އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިފައިވަނީ އިތުރު ބަޔަކާ ގުޅިގެން 200 ކްރޯޑް ރުޕީސް ލޯންޑާ ކުރި ކަމުގެ މައްސަލައެއްގައެވެ.

އޭނާ ގައުމުން ބޭރަށް ދިއުމުގެ ހުއްދަ ދީފައިވަނީ މޭއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އެއީ އޭނާ މޭއި މަހުގެ 25 ވަނަ ދުވަހުން 27 އަށް އަބޫ ދާބީގައި އޮންނަ އައިފާ އެވޯޑްސްއަށް ހާޒިރުވާން ޖެހޭ ކަމަށް ކޯޓުގައި އެދުމުންނެވެ. އަދި މޭއި 28 އިން ޖޫން 12 އަށް ފިލްމެއްގެ މަންޒަރެއް ނެގުމަށް އިޓަލީއަށް ފުރުމަށް ވެސް ވަނީ ހުއްދަ ދީފައެވެ.

މަނީ ލޯންޑަރިންގެ ތުހުމަތު ޖެކޮލިން އަށް ކުރެވުނު ނަމަވެސް އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ.

2009 ވަނަ އަހަރު ޑްރާމާ އަލާދިން އިން ހިންދީ ފިލްމް އިންޑަސްޓްރީއަށް ވަން ޖެކޮލިން ވަނީ ކާމިޔާބު ފިލްްމްތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި މާޑާ2، ހައުސްފުލް 2، ރޭސް2 ޖުޑްވާ ފަދަ ފިލްމްތައް ހިމެނެއެވެ. އޭނާ ވަނީ ފިލްމްތަކުން އެވޯޑްވެސް ހާސިލްކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ނެށުމުގެ ހުނަރު ދައްކައިދޭ ޝޯވ ޖަލަކް ދިކްލާ ޖާގެ ނުވަ ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަކްނައު

    އުދުހިލާ އުދުހިލާ، މަގޭ ކޮކާލާ
    މާ އުފަލުން އެކި މަލަށް ތިރިކޮށްލާ.
    ޗާލު ނަލަ މަންޒަރުން ހިތް އުފާކޮއްލާ
    އެކި މަލުގެ ފޮނިން ޖިސްމު ދިރުވާލާ
    އުދުހިލާ އުދުހިލާ ކޮކާލާ ފަސްނުބަލާ.