މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސުކޭޝް ޗަންދްރަޝެކަރް އެ މީހުންގެ ދިރިއުޅުން ހަލާކޮށްލާފައިވާ ކަމަށާއި ނޯރާ ފަތޭހީ އާއި ޖެކޮލީން ފެނާންޑޭޒް ބުނެފިއެވެ.

މަނީލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސުކޭޝާ ދެކޮޅަށް ނޯރާ އާއި ޖެކޮލީން ވަނީ ދެކޮޅަށް ކޯޓުގައި ބަޔާން ދީފައެވެ.

ޖެކޮލީން ބުނެފައި ވަނީ ސުކޭޝް އޭނާއަށް ތާރަފްވީ ސަން ޓީވީގެ ބޮޑު މީހާ ކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ. އަދި އޭނާގެ މުޅި ދިރިއުޅުން ސުކޭޝަން ހަލާކުކޮށްލާފައިވާ ކަމަށް ޖެކޮލިން ކޯޓުގައި ވަނީ ބުނެފައެވެ.

ސުކޭޝް އޭނާއަށް އަގުބޮޑެތި ގަޑިއާއި އެހެނިހެން ހަދިޔާ ދިން ކަމަށް ވެސް ޖެކޮލިން ވަނީ އެއްބަސްވެފައެވެ. އަދި ސުކޭޝްއާއެކުގައި މަނީލޯންޑަރިންގައި ބައިވެރިވި ޕިންކީ އިރާނީ ވެސް ވަނީ އޭނާއަށް އޮޅުވާލައި ދޮގު ހަދާފައި ކަމަށް ޖެކޮލިން ބުނެފައެވެ.

ކޯޓުގައި ނޯރާ ބުނެފައި ވަނީ ސުކޭޝް އޭނާއާ ރައްޓެހިވީ ވަރަށް ގިނަ ވައުދުތައް ވެފައި ކަމަށެވެ. އެގޮތުން ބޮޑު ގެއާއި އަގުބޮޑެތި ކާރާއި ޑިޒައިނާ ދަބަހާއި ގަޑި ދޭނެކަމަށް ވައުދުވި ކަމަށް އޭނާ ބުނެފައިވެއެވެ.

ސުކޭޝް ނޯރާއާ ވާހަކަ ދެއްކީ އޮޅުވާލައިގެން ކަމަށާއި އެއީ ކާކުކަން އޭނާއަށް ކުރިން ނޭނގޭ ކަމަށް ވެސް ނޯރާ ވަނީ ކޯޓުގައި ބުނެފައެވެ. ނޯރާވެސް ވަނީ އޭނާގެ މުޅި ދިރިއުޅުން ސުކޭޝް ހަލާކުކޮށްލާފައިވާ ކަމަށް ބުނެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަތީފް

    ފިރެހެނަކު ފެންނައުރައް ހޭބުރާންތި ވަންޏާ ވާނީ ތިހެން ކައްވަލުވެ ފޯރި އަދި ކަލޭމެނައް ގަދަވާނީ

    11
    1
  2. ޙަަަހަ

    ތިމާމެން މުދަލުގެ ދަހިވެތިކަމުގައި އަނބުރާއި އިއްޒަތް ވިއްކާލަނީ ، މިއަދު ގިނަމީހުންގެ ހާލަކީތީ ،

    15
    1