އިންޑިއާގެ މަޝްހޫރު ބަތަލާ ޖެކޮލިން ފަރްނާންޑޭޒްގެ ކުރީ ގެ ލޯބިވެރިޔާ ސުކޭޝް ޗަންދްރަޝެކަރ ޖަލުގައި ހުރެ އިތުރު ސިޓީ އެއް އޭނާއަށް ފޮނުވައިފިއެވެ.

އެކްޓަރު ޖެކޮލިން އުފަންދުވަހު ސިޓީއެއް ލިޔުނުތާ ދުވަސްތަކެއް ފަހުން ނުފޫޒުގަދަ ވިޔަފާރިވެރިންގެ އަތުން އެތައް ސަތޭކަ ކްރޯޑް ރުފިޔާއެއް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖަލުގައި ހުރި ސުކޭޝް މިއަދު ވަނީ "އީސްޓާ" އަށް ދިމާކޮށް ހާއްސަ މެސެޖެއް ޖެކޮލިން އަށް ލިޔެފައެވެ.

މީހެ ކުރިން ސުކޭޝްއާ ގުޅުން ހުރި 200 ކްރޯޑް ރުފިޔާގެ ފައިސާ ހޯދުމާ ގުޅުން ހުރި މަނީ ލޯންޑަރިން މައްސަލައިގައި ވެސް ޖެކޮލިންއާ ވަނީ ސުވާލުވެސް ކޮށްފައެވެ.

"މައި ބޭބީ، މައި ބަނީ ރެބިޓް" ގެ ނަމުން މެސެޖް ފޮނުވަމުން ސުކޭޝް ބުނީ، އޭނާގެ "ފޭވަރިޓް" ފެސްޓިވަލްގައި އެކްޓަރާއި އެކު އުޅުނު ހަނދާންތައްވާ ކަމަށެވެ. އަދި އަންނަ އީސްޓާ އަކީ "ހަޔާތުގައި ފާހަގަކުރާނެ އެންމެ ރަނގަޅު އީސްޓާ" ކަމަށް ވައުދުވާ ކަމަށްވެސް ބުންޏެވެ.

މިހާރު ދިއްލީގެ މަންޑޯލީ ޖަލުގައި ބަންދުކޮށްފައިވާ ސުކޭޝް ޗަންދްރަޝެކަރ ބުނީ އޭނާގެ "ލަކްސް ކޯޒީ" އިޝްތިހާރު ބަލަން ހުރެ ޖެކޮލިންނާއި މެދު ވިސްނާ ވާހަކަ ބުނެފައެވެ.

ސުކޭޝްގެ ވަކީލު އަނަންތު މަލިކު އާންމުކޮށްފައިވާ ސިޓީގައި ވަނީ، "އިނގޭތަ ޖެކޮލިން ތީ ކިހާ ރީތި މީހެއްކަން، ތިއަށް ވުރެ ރީތި މީހަކު މި ދުނިޔޭގައި ނުއެސް ހުންނާނެ، ވަރަށް ލޯބިވޭ " އެވެ.

އޭނާ ބުނީ ޖެކޮލިންއާއި މެދު ނުވިސްނާ އެންމެ ވަގުތު ކޮޅެއްވެސް ނުދާ ކަމަށެވެ.

ޖެކޮލިންގެ އުފަންދުވަހު ވެސް ސުކޭޝް ވަނީ ސިޓީ އެއް ލިޔެފައެވެ.

ސުކޭޝްގެ މައްޗަށް ތުހުމަތު ކުރެވެނީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ރެލިގަރޭ އެންޓަޕްރައިސަސްގެ ކުރީގެ ޕްރޮމޯޓަރު ޝިވިންދަރު މޯހަން ސިންގްގެ އަންހެނުންނަށް މަކަރު ހަދައި ފައިސާ ހޯދުމެވެ.