ބޮލީވުޑްގެ ތަރިންގެ މެެދުގައި އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި ފާހަގަކޮށްލެވޭ ރާއްޖޭގައި އެތައް ތަރިންނެއް ޗުއްޓީ ހޭދަކުރެއެވެ. އަދި އެ ޗުއްޓީގެ ފޮޓޯތައް މީސް މީޑިއާގައިވެސް ހިއްސާ ކުރެއެވެ. އެގޮތުން މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ތަރިންގެ ތެރޭގައި ހިމެނޭ އެކަކީ ރިތިކް ރޯޝަންއެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ އާއިލާއެކުގައެވެ. އޭގެ ތެރޭގައި މަންމަ ޕިންކީ ރޯޝަން އާއި ފިރިހެން ދަރިފުޅާއި، އާއިލާ އިތުރު މީހުން ހިމެނެއެވެ.

ޕިންކީ ވަނީ މިއަދުގެ ވަގުތެއްގައި އާއިލާއެކު ރާއްޖެ ރިސޯޓެއްގައި ނަގާފައިވާ ދެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ރިތިކް ދަރިފުޅާއެކު ވަރަށް މަޖާ ވަގުތުތަކެއް ހޭދަކުރަމުންދާކަން އެނގެއެވެ.

ރޭގަނޑު ގަޑީގެ ވަގުތެއްގައި ހަނދު އަރާ ގޮތަށް ނަގާފައިވާ އެ ދެ ފޮޓޯއަށްވެސް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައި ވެއެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ޕިންކީ ލިޔެފައި ވަނީ، އޭނާ ހުރީ ހަނދާއި އޭނާގެ ހުރިހާ ތަރިތަކާއި އެކުގައި ކަމަށެވެ.

 

View this post on Instagram

 

A post shared by Pinkie Roshan (@pinkieroshan)


މީގެ އިތުރުން، އެ ދަތުރުގައި ބައިވެރިވި އިތުރު އާއިލާ މީހަކުވެސް ވަނީ އެ މީހުން ރާއްޖޭގައި އުޅުނު ވަގުތު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ.

ރިތިކް މީގެ ކުރިންވެސް އާއިލާއެކު އެތައް ފަހަރަކު ރާއްޖެ އައިސްފައި ވެއެވެ.