މީގެ 9 އަހަރު ކުރިން އިންޑިޔާގައި ރިލީޒްކުރި ރިތިކް ރޯޝަންގެ ބޭންގް ބޭންގް ފިލްމަށް ޗައިނާ އާއި ޖަޕާނުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ރިތިކް ރޯޝަންއާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅެފައިވާ ފިލްމު ބޭންގް ބޭންގް ޗައިނާ އަދި ޖަޕާންގައި އަޅުވާފައި މިވަނީ އެ ފިލްމު ރިލީޒްކުރިތާ 9 އަހަރު ފަހުންނެވެ. އެހެންނަމަވެސް މި ދެޤައުމުން އެފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބި ބެލުންތެރިންގެ ތައުރީފްތަކުން މީސްމީޑީޔާ ވަނީ ފުރާލާފައެވެ.

ޖަޕާނުގެ މީސްމީޑިއާގައި މީހުން ދަނީ ފިލްމާ ބެހޭ ގޮތުން އެމީހުންގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ. މި ފިލްމުގެ ލަވަތަކުގެ އިތުރުން ފިލްމުގައި ރިތިކް ދައްކާލި އެކްޓިންއަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

ވޭތުވެދިޔަ ދެތިން އަހަރުތެރޭ ނުކުތް ބޮލީވުޑް ފިލްތްތަކުގެ ތެރެއިން ފުރަތަމަ ދުވަހުން އެންމެ ބޮޑު ފައިދާއެއް ހޯދުނު ފަސް ފިލްމްގެ ތެރޭގައި 2014 ވަނަ އަހަރު ރިލީޒް ކުރި ބޭންގް ބޭންގް މެނެއެވެ. ރިތިކް ރޯޝަންއާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަށް ފުރަތަމަ ދުވަހު ހަމައެކަނި އިންޑިޔާއިން 27 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން މި ފިލްމް ފަސްހާހާ ގާތް ކުރާ އަދަދެއްގެ ސިނަމާތަކުގައި ރިލީޒް ކުރި އިރު ފުރަތަމަ ދުވަހުވެސް 90 އިންސައްތަ ސިނަމާތައް ވަނީ ފުރިފައެވެ. ޕާކިސްތާނުގެ ބޮކްސް އޮފީހުގައި "ބޭންގް ބޭންގް" އިން ރެކޯޑް ގާއިމްކޮށްފައިވާއިރު، މި ފިލްމާ އެއްވަރުގެ ކާމިޔާބުތައް ފުރަތަމަ ދުވަހުން ލިބިފައިވަނީ “ދޫމް 3” އާއި “ޗެންނާއި އެކްސްޕްރެސް” އާއި “އޭކް ދަ ޓައިގާ” ގެ އިތުރުން“ސިންގަމް ރިޓާންސް” އަށެވެ.

މިއީ މިހާތަނަށް ރިތިކް ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހުން މިހާބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފިލްމެވެ. އަދި ކެޓްރީނާއަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނު ތިން ވަނަ ފިލްމެވެ. އެންމެ ބޮޑު ފައިދާއެއް ހޯދިފައިވާ ފަސް ފިލްމްގެ ތެރޭގައި ހިމެނޭ “ބޭންގް ބޭންގް” އާއި “އޭކް ދަ ޓައިގާ” އަދި “ދޫމް 3” އަކީ ކެޓްރީނާ ލީޑްރޯލް ކުޅެފައިވާ ފިލްމްތަކެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް މި ފިލްމް ބެލި މީހަކު ފިލްމާ ގުޅޭގޮތުން ނެގެޓިވް ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.

ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ނައިޓް އެންޑް ޑޭ"ގެ ބޮލީވުޑް ރީމޭކްއަކަށް ހަދާފައިވާ ފިލްމް "ބޭންގް ބޭންގް" އަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ޕްރޮޑިއުސްކޮށް، ސިދްހާތް އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތްރިލާ ފިލްމެކެވެ.

އަބޫ ދާބީގައި ކުޅެ، ކޯ ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމް ބޭންގް ބޭންގް ވަނީ ދުނިޔޭގެ 5100 ސިނަމާއެއްގައި އަޅުވައި، މިހާތަނަށް ބޮލީވުޑް ފިލްމެއްގެ އެންމެ ބޮޑު ރިލީޒްގެ ރެކޯޑްވެސް ހޯދާފަ އެވެ.