ބޮލީވުޑުގެ އެކްޓަރު ރިތިކް ރޯޝަން އާއި އޭނާގެ ލޯބިވެރިޔާ ސަބާ އާޒާދު މި އަހަރުގެ ފަހުކޮޅު ކައިވެނި ކުރަން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސަބާ އާއި ރިތިކްގެ ގުޅުން ދުވަހެއް ދުވަހަކަށް ދަނީ ބަދަހިވަމުންނެވެ. އަދި އެ ދެ މީހުން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ސަބާ އާއި ރިތިކްގެ ކައިވެނި އޮންނާނީ މި އަހަރުގެ ފަހުކޮޅުގައި ކަމަށް ވެސް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން އާއި ސަބާއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ސުޒޭންއަކީ ސަބާގެ މިޔުޒިކަށް ވަރަށް ބޮޑަށް ލޯބިކުރާ ސަބާގެ ބޮޑު ސަޕޯޓަރެކެވެ.

ރިތިކް އާއި ސަބާ ވަނީ އެކުގައި ބޮލީވުޑުގެ ބައެއް ހަފުލާތަކުގައި ވެސް ބައިވެރިވެފައެވެ. އެގޮތުން އެކި އެކި އެވޯޑް ހަފްލާތަކާއި މަޝްހޫރު ފިލްމީ ތަރިންގެ ޕާޓީތަކުން ދެ މީހުން ފެނެ އެވެ.

މީގެއިތުރުން ރިތިކްގެ އާއިލާގެ ބައެއް ހަފުލާތަކުގައި ވެސް ސަބާ ބައިވެރިވެއެވެ. އަދި އެ ދެ މީހުން އެކުގައި ވަރަށް ގިނައިން ޗުއްޓީއަށް ވެސް ދެއެެވެ.

ރިކިތް ދެން އެންމެ އަވަހަށް ފެނިގެންދާނީ "ފައިޓާ" މި ފިލްމުން ނެވެ. އެ ފިލްމުގައި ރިތިކްއާއި އެކުގައި ދީޕިކާ އާއި އަމީތާބު ވެސް ފެނިގެންދާނެ އެވެ.