ބޮލީވުޑުގެ ބަތަލާ ސޮނާކްޝީ ސިންހާ ޗުއްޓީ ހޭދަކޮށްލުމަށް އެންމެ އަންނަ ހިތްވަނީ ރާއްޖެއަށް ކަމަށް ބުނެފިއެވެ.

ގުލޯބަލް ވެލްނަސް ބުރޭންޑާއި އެކު ސޮނާކްޝީ އާއި ކްރިސް ހެންވާތުގެ ޗެޓުގެ ރެޕިޑް ފަޔަރ ރައުންޑުގައި ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ދާހިތްވާ ތަނަކީ ކޮބައިތޯ ދެ ފަންނާނުންނާއި ކުރެވުނު ސުވާލަށް ޖަވާބު ދެމުން ސޮނާކްޝީ ބުނެފައިވަނީ ޗުއްޓީ ހޭދަކޮށްލުމަށް އޭނާ އެންމެ އަންނަ ހިތްވަނީ ރާއްޖެއަށް ކަމަށެވެ.

މި ސުވާލަށް ޖަވާބު ދެމުން ކްރިސް ބުނެފައިވަނީ އޭނާ އެންމެ ދާހިތްވަނީ ކޮސްޓަ ރިކާއަށް ކަމަށެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަންނަ ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން އެކަކީ ސޮނާކްޝީއެވެ.

މި ސުވާލުގެ އިތުރުން މި ޝޯގައި ކުރެވުނު އެހެން ސުވާލު ތަކަކީ މިދިޔަ އަހަރު އެންމެ ކުރާހިތުން ކުރެވުނު ކަންތައްތަކަކީ ކޮބައިތޯއެވެ.

މި ސުވާލަށް ޖަވާބު ދެމުން ސޮނާކްޝީ ބުނެފައިވަނީ އޭނާ އެންމެ ކުރާހިތްވި ކަންތައްތަކަކީ މާހެފުން ކަމަށެވެ. ކްރިސް އެންމެ ކުރާހިތްވި ކަންތައްތަކަކީ ސުކޫބާ ޑައިވިން ކަމަށް ބުންޏެވެ.

އެކުގައި މަސައްކަތް ކުރާހިތްވަނީ ކޮން އެކްޓަރަކާއި އެކުތޯ ސުވާލު ކުރުމުން ސޮނާކްޝީ ބުނެފައިވަނީ އެއީ އަކްޝޭ ކުމާރު ކަމަށެވެ. ކްރިސް ބުނެފައިވަނީ އެއީ މޭޓް ބްލެންޝެޓް ކަމަށެވެ.

ހެނދުނުގެ ނާސްތާގައި ކޮންމެ ދުވަހަކު ވެސް ހިމެނޭ ބާވަތެއްގެ ނަން ބުނުމަށް އެދުމުން ސޮނާކްޝީ ބުނެފައިވަނީ އެއީ ބިސް ކަމަށެވެ. މި ސުވާލަށް ޖަވާބު ދެމުން ކްރިސް ބުނެފައިވަނީ އެއީ ފެން ކަމަށެވެ.

މީގެއިތުރުން ވެސް އެތައް ވާހަކައެއް މި ޗެޓްގައި ދައްކާފައިވެއެވެ.