ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ ދެކެ ލޯބިވާކަން ބޮލީވުޑްގެ ތަރި ޒަހީރް އިގްބާލް ހާމަކޮށްފިއެވެ.

"ޑަބަލް އެކްސެލް" ނަމަކަށް ކިޔާ ހިންދީ ފިލްމުގައި ސޮނާކްޝީ އާއެކީ މަސައްކަތްކޮށްފައިވާ ޒަހީރް ސޮނާކްޝީއާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ.

ނަަމަވެސް، ސަޕޯޓަރުންނާއި ނޫސްވެރިން އެ ދެމީހުންގެ ގުޅުމާ ބެހޭގޮތުން ކުރިމަތި ކުރުވާ ސުވާލުތައް ވަނީ ދޮގުކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ސޮނާކްޝީ އަށް 36 އަހަރު ފުރުމުގެ މުނާސަބަތުގައި ޒަހީރް ވަނީ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވައިފައެވެ. އެ ޕޯސްޓުގައި ސޮނާކްޝީގެ ގިނަ ފޮޓޯތަކެއް ވެސް ހިއްސާ ކުރިއެވެ.

އަދި ސޮނާކްޝީއަކީ ދުނިޔޭގައި ހުރި އެންމެ ރަނގަޅު މީހާ ކަން ހާމަކޮށް ޒަހީރް ބުނީ ސޮނާކްޝީ ދެކެ ލޯބިވާ ކަމަށެވެ. އަދި އަބަދުވެސް އުފަލުގައި ހުރުމަށް އޭނާ އެދިފައިވެއެވެ. އެއާއެކު، މީޑިއާތަކުން ދެއްކި ވާހަކަތަކުގައި ހަގީގަތެއް އޮތް ކަމަށް ސޮނާކްޝީގެ ސަޕޯޓަރުން ބުނަން ވަނީ ފަށައިފައެވެ.

އިންސްޓަގްރާމްގެ މި ޕޯސްޓަށް ސޮނާކްޝީ ވަނީ ހިތް ދައްކުވައިދޭ އިމޯޖީއެއް ވެސް ބޭނުންކޮށްފައެވެ.

ސޮނާކްޝީގެ ފުރަތަމަ ފިލްމަކީ 2010 ވަނަ އަހަރު ނުކުތް "ދަބަންގް"އެވެ. އަދި ޒަހީރްގެ ފުރަތަމަ ފިލްމަކީ 2019 ވަނަ އަހަރު ނުކުތް "ނޯޓްބުކް"އެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝޮނަކްސީ

    ތިގޮތަށް އަދި ކިތަށް މީހުންދެކެ ލޯބިވާ ވާހަކަ ބުނާނަން..

    • ޒަރީރު

      މަވެސް ސޮނާދެކެ ވަނީ ހަމަ ލޯބި. ހިތުގެ އެންމެ ފުންމިނުން.. ބޭބެ އެއްކަމަކު މަށަ ހެޔޮ... ފަނިކޮލާނަން😂😂
      ޒަހީރެކޯ އަދި ސޮނާ ލޯބީ އެސޮރާ ނުގުޅޭތި😂

  2. ސަލްމާން ޚާން

    ކާކަށްތަ ސޯނާކްޝީ ދެކެ ލޯބި ނުވެ ވޭނީ. މަވެސް ތިކަމުގަ މިހިރަ ހަލާކުވަނީ

  3. ދިގު

    މަވެސް..