މިދިޔަ އަހަރު އޮގަސްޓު މަހުން ފެށިގެން ބޮލީވުޑްގެ ބަތަލާ ޖެކުއެލިން ފެނާންޑަޒްއަށް ވަނީ މަނީ ލޯންޑްރިން މައްސަލައެއްގައި ތުހުމަތު ކުރެވިފައެވެ.

މަކަރާއި ޙީލަތުން އެތައް ފައިސާއެއް ހޯދާފައިވާ ސްކޭޝް ޗަންދުރަޝޭކަރުގެ ފަރާތުން އަގުބޮޑު އެތައް ހާދިޔާއެއް ލިބިފައިވާ ޖެކުއެލިންއާއި ސުކޭޝްގެ ގައިގޯޅި ފޮޓޯއެއް އަނެއްކާ ވެސް ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ.

ކުރިން ވެސް ޖެކުއެލިންއާއި ސުކޭޝްގެ ފޮޓޯއެއް ދައުރުވެފައިވެއެވެ. ޖެކުއެލިން އާއި ގުޅޭގޮތުން އެތައް ވާހަކައެއް މީޑިޔާތަކުގައި ދައްކާފައިވީ ނަމަވެސް ޖެކުއެލިން މީގެ ކުރިންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް މިފަހަރު ފޮޓޯ ލީކުވުމާއި ގުޅިގެން ޖެކުއެލިން ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާ ކޮށްފައެވެ.

"މި ގައުމާއި ރައްޔިތުން އަހަރެންނަށް ލޯތްބާއި އިހުތިރާމް ދިން. މީގެތެރޭގައި މީޑިޔާގެ ބައެއް ފަރާތްތައް ވެސް ހިމެނޭ. އަހަރެންނަށް މިއީ ހިތްދަތި ދުވަސްތަކެއް. މިކަމުން އަހަރެން ސަލާމަތް ވާނެ ކަން ސަޕޯޓަރުންނާއި ރަހުމަތްތެރިންނަށް ދައްކައިދޭނަން. އަހަރެންގެ މީޑިޔާގެ ރަހުމަތްތެރިންނަށް ބުނެލަން ބޭނުންވަނީ އަހަރެންގެ އަމިއްލަ ކަންތައްތަކާއި ގުޅޭ ފޮޓޯތައް އުފެދުމަށް. ތި މީހުން ލޯބިވާ މީހުންނަށް މިހެންނެއް ނުހަދާނެ. އެހެންވީމާ އަހަރެންނަށް ވެސް އެގޮތަށް ކަންތައް ނުކުރޭ. އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން" ޖެކުއެލިންގެ އިންސްޓަގްރާމް ޕޯސްޓުގައި ވެއެވެ.

ޖެކުއެލިންނަށް ވަނީ އަގުބޮޑު އެތައް ހަދިޔާ ތަކެއް ސުކޭޝްގެ ފަރާތުން ލިބިފައެވެ. އޭގެ ތެރޭގައި އަތްދަބަހާއި ކާރާއި އަނގޮޓީގެ އިތުރުން ވެސް ފައިސާ ވެސް ހިމެނެއެވެ.

މީގެތެރެއިން ޖެކުއެލިންގެ ކޮއްކޮއާއި މަންމައަށް ސުކޭޝް ވަނީ އެތައް ހަރަދުތަކެއް ކޮށްފައެވެ.