އާއިލީ ގޮތުން ގާތް ގުޅުން އޮންނަ މީހުން އެކަކު އަނެކަކާއި ކައިވެނި ކުރުމަކީ ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ގައުމެއްގައި ވެސް ގާނޫނުތަކުން މަނާ ކަމެކެވެ. ނަމަވެސް ފްރާންސްގައި އެއީ ހުއްދަ ކަމެކެވެ. އެއްބަނޑު އެއްބަފާ މީހުންނާއި، މަންމަ އާއި ބައްޕަ އާއި ދަރިން ކައިވެނި ކުރުން ފްރާންސްގެ ގާނޫނުތަކުން މަނައެއް ނުކުރެއެވެ. ފްރާންސްގައި ހަމައެކަނި މަނާވަނީ އާއިލީ ގުޅުން އޮންނަ ކުޑަކުދިންނާއި ކައިވެނި ކުރުމެވެ.

މިހާރު ފްރާންސްގެ ގާނޫނުތައް މިގޮތައް އޮތްނަމަވެސް ފްރާންސް ސަރުކާރުން މިއަދު ބުނީ އާއިލީ ގުޅުން އޮންނަ މީހުން ކައިވެނި ކުރުން މަނާ ކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.

ފްރާންސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޗިލްޑްރެން އެޑްރިއަން ޓަގްއެޓް "އޭއެފްޕީ" އަށް މައުލޫމާތު ދެމުން ވިދާޅުވީ އާއިލީ މެންބަރުންނާއި ކައިވެނި ކުރުން އެއީ ޖިނާއީ ކުށަކަށް ހަދަން ނިންމާފައިވާ ކަމަށެވެ. "ކޮންމެ އުމުރެއްގެ މީހަކު ނަމަވެސް އެމީހަކަށް ބައްޕަ އާއި ފިރިހެން ދަރިފުޅާއި ނުވަތަ އަންހެން ދަރިފުޅާއި އެއްވެސް ޖިންސީ ގުޅުމެއް ނުބޭއްވޭނެ. އެއީ ޖިނާއީ ކުށަކަށް ހަދާނަން." އެޑްރިއަން ވިދާޅުވިއެވެ.

ދެބެންދެދަރި މީހުންނާއި ވެސް ކައިވެނި ކުރުން މަނާ ކުރުމުގެ ވިސްނުން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކުގައި ދެބެންދެދަރި މީހުން ކައިވެނި ކުރުމަކީ ހުއްދަ ކަމެކެވެ.

ފްރާންސަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިންނާއި ކައިވެނި ކުރުން ގިނަ ގައުމެކެވެ. އެގައުމުގެ ޗާޗްތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު މައްސަލައެއް ދާދިފަހުން ވެސް ފެންމަތިވިއެވެ.

ފްރާންސްގައި އާއިލާ މެންބަރުން އެކަކު އަނެކަކާއި ކައިވެނި ކުރުން ގާނޫނަކުން ހުއްދަ ކޮށްފައި އޮންނަނީ 1791 ވަނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ބޭރު ގައުމުތަކުގައި ހިންގާ ދީނާއި ޚިލާފު މިފަދަ ކުފުރު ޖަރީމާތަކުގެ ވާހަކަ މި ގައުމުގެ އެެއްވެސް ނޫހެއްގައި ނުލިއުމަށް އެދެން، އެއީ އެ ގައުމުން ބޭރު އެެއްވެސް ބަޔަކަށް އެނގެންޖެހޭ ވާހަކައަކަށްވެސް ނުވާއިރު، މިފަދަ ލިޔުންތައްފެނި އަދި އަޑުއިވުނަސް މޭބޮޑުވެ ހޮޑުވެސް ލެވޭތީއެވެ.

  98
  5
 2. ޜަނާ

  ޖަނަވާރުންނެކޭ ތަފާތެއް ނެތެއްނު. އެއެއްޗިހިންވެސް ތަންކޮޅެއް ބޮޑެތި ވީމަ ދަރިއެއް އަމައެއް ބަފައެއް ނޯވޭ.

  89
  2
 3. Anonymous

  ސުބުޙާނަﷲ

  87
  3
 4. ރަން ރީނދޫ

  އަދި މި ގުރޫޕް މި އުޅެނީ ސްޓޯން އޭޖްގަ.

  28
  2
 5. ިމުހައްމަދު

  މިއީ އެބުނާ ތަހުޒީބު ތަންދޮރުދަންނަ ކަމަށް ދައުވާކުރާ ޔޫރަޕް މީހުންގެ ހާލަކީ. ތިކަން ހުއްދަ ނުކޮށް އޮތް ޔޫރަޕްގެ ގިނަ ގައުމުތަކުގައިވެސް ކާވެނި ނުކުރިޔަސް މައިންބަފައިންނާ ދަރިންނާ ދެމެދު ތިޔަ ބުނާ ވައްތަރު ގުޅުން ހިންގުމަކީ އާންމު ކަމެއް.

 6. ހމމ

  މިވަރު ބައެކޭ މާ ތަހުޒީބު ބައެއް ކަމަށް ދެކިގެން މިއުޅެނީ... އިސްލާމްދީނުގައި އޮންނަނީ ހަމަ އެންމެ ރަނގަޅަށް... ތުއްތު އިރުން ފެޝިގެން އިސްލާމީ ރިވެތި އާދަތައް ކުދިން ގައިގާ އަށަގެންނެވުން މުޙިއްމު..

  11
 7. ޖުއްބާ

  އެކަމު ދެ އާއިލާއެއްގެ ދެ މީހަކު އެއް ޖިންސުން ގުޅުން ހިންގުން ތިގައުމުގަ ހުއްދަ ދޯ....

  6
  1
 8. ފަކުރު

  ނޫނޭ އެހެން ނުހަދާ! އެއީ ކަލޭމެން ދެކޭގޮތުގަ އިންސާނީ ހައްގެއްނު. ތިގޮތަށް ކައިވެނި ކުރަން ބޭނުންވާ މީހުންގެ ހައްގު ފްރާންސުން ނިގުޅައިގަންނަނީ ކީއްވެ؟

 9. ހުސޭނުބޭ

  އެބައެއްގެ ޤާނޫނުތައް މާ މޮޅުކަމަށް އަހަރެމެން މިދެކޭ މީހުންގެ ހުންނަ ޖާހިލުކަން. ރަސްމީ ކާވެނިތާ މަނާކުރީ. އެކުރާކަމެއް ހަމަ ބަރާބަރަށް ކުރަމުންދާނެ. މިހާ ހުތުރުކޮށް އުޅޭ ބައެއްގެ މޮޅުކަމުގެ ވާހަކަ އަހަރެމެން ދައްކަނީ.

 10. ެެނޫ މެެން

  ތިމާމެން ވަރެން ނެތިގެން އުޅޭ މީހުންގެ ހާލަތު.

 11. ޒަމީރު

  ތަރައްޤީ ވެފަ ތިބި ދެއް ބޮޑުކަމުން...
  ޖަނަވާރު އުޅޭ ހެން އުޅޭ ބައެއް
  އިސްލާމް ދީނާ ސުންނަތުގެ ނިޢުމަތަށްޓަކައި ﷲ އަށް ޙަމްދު ހުރި

 12. އަލީ

  މިއީ ސިވިލައިޒްޑް ވޯލްޑް އޭ ކިޔައިގެން އެއުޅޭމީހުންގެ ފެންވަރަކީ. ދެން ދިވެހީންގެ ތެރެއިން މީހަކު މިބުނަނީ ދޮންމީހުން އުޅޭގޮަތަށް އުޅެގެންނޭ ކުރިއެރުން ލިބޭނީ. ކީކޭތޯ ބުނާނީ!!!