ނިއުޔޯކް ސިޓީ ޓިކްޓޮކް ފުރިފައިވަނީ ފިރިހެނަކާއި ބެހޭ ގޮތުން އެހެން މީހުން ސަމާލުވުމަށް ހަދާފައިވާ ޕޯސްޓުތަކުންނެވެ. އޭގެ ތެރޭގައި ވައްކަން ކުރާ މީހުންނާއި އެހެން ކަހަލަ ކުށްތައް ކުރާ މީހުން ވެސް ހިމެނެއެވެ. މި އެންމެންގެ ތެރެއިން ވެސް އެންމެންގެ ލޮލުގައި އަޅާފައިވަނީ ކޭލަބް ނަމަކަށް ކިޔާ މީހެއްގެ ވާހަކައެވެ.

ކޭލަބް ނުވަތަ އާންމު މީހުންގެ ނަމުން ނަމަ ވެސްޓް އެލްމް ކޭލަބްގެ ފޮޓޯތަކާއި ވިޑީއޯތައް ޓިކްޓޮކްގައި އާންމު ވެގެން ގޮސްފައިވަނީ އެއްފަހަރާ ގިނަ އަންހެނުންނާއި ހިތާވެގެން އުޅެފައި ކުއްލިއަކަށް އެމީހުންނަށް ގެއްލޭތީއެވެ.

އެގޮތުން އެ އަންހެން މީހުންނާއި އެކީ ފުރަތަމަ ފަހަރަށް ޑޭޓަކަށް ގޮސްފައި ފަހުން އެއްވެސް ކަހަލަ ހަބަރެއް ނުވެ ފިލާ ކަމަށް އަންހެންވެރިން ވަނީ ބުނެފައެވެ.

https://twitter.com/ohheyjenna/status/1483887997430992896?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1483887997430992896%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fwest-elm-caleb-a-viral-video-helped-several-women-realise-they-were-dating-the-same-man-2721315

އިންޑިޕެންޑެންޓް ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޭލަބްގެ ވާހަކަ ހިއްސާ ކޯށްފައިވާ އަންހެން މީހާ ވަނީ ކޭލަބް އޭނާ އަށް ފިލައިގެން އުޅޭ ކަމަށް ބުނެފައެވެ. އެވީޑީއޯ ފެނުމާއި އެކީ އިތުރު އަންހެނަކު ވެސް ވަނީ ކޭލަބް ނަމަކަށް ކިޔާ މީހަކު އޭނާ އަށް ވެސް ފިލައިގެން އުޅޭ ކަމަށް ބުނެފައެވެ.

ކޭލަބްގެ ފަރާތުން ގިނަ އަންހެނުންނަށް މިގޮތަށް ދޯކާ ލިބުމާއި ގުޅިގެން އަންހެނަކު ވަނީ އޭނާ އާއި މެދު އަންހެނުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި އޭނާ އަކީ އެއްފަހަރާ ގިނަ އަންހެނުންނާއި ވާހަކަ ދައްކައި ލޯބި ވެގެން ކަމަށް ބުނެ ފަހުން އަންހެނުން "ގޯސްޓް" ކޮށްލާ މީހެއް ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަމް

    ދެން މިކަހަލަ ފިތުނަވެރި ޒަމާނެއްްގައި ތިކަހަލަ ފްޕެޓްފޯމަތަކުގައި ވެސް އޮންނާނީ ހުސް ފިތުނަތާ.

    14
    1
  2. Anonymous

    މިހާރު އުޅޭ މުސްކުޅި އަންހެނުންގެ ގޮތަކީ ތަނަކުން ހަމަ ޒުވާން ފިރިހެނަކު ފެންނައިރަށް އެޒުވާނަކާ އަޅައިގަތުމެވެ. ތިން ހަތަރު ދަރިންގެ ބައްޕަގެ ގާތުން ވަރިވެގެން އެތައް އަންހެނުންނެއް ޒުވާން ފިރިހެނުންނާ އިނދެފިއެވެ. މުސްކުޅި އަންހެނުން މިހެން އުޅޭ ޒަމާނެއްގައި ޒުވާން ފިރިހެނުންގެ ކިބައިން ލަނޑު ލިބޭ އަންހެނުން ވެސް އުޅޭނެއެވެ. އަދި ދުވަސްކޮޅަކު އެކުގައި އުޅެލާފައި ފިލާ ފިރިހެނުން ވެސް އުޅޭނެއެވެ. މުސްކުޅި އަންހެނުން އުޅޭ ފާޑެއް، އައްޗީޑި.

    10
    6
  3. ޔާޔަ

    ބުރޯ ތީ ހަމަ ލެޖެންޑެއް! ތަނަކުން މީހަކު ފެންނަށް އިރަށް ކޮން ހޭބައްޔެއްތަ ތި ވަނީ✌🏽