ބޮލީވުޑްގެ ފަންނާނުންނާއި އަދި އިންޑިއާ އާއްމުންގެ މެދުގައި ވެސް މިހާރު އެންމެ މަގުބޫލް މަންޒިލް ކަމަށްވާ ދިވެހިރާއްޖޭގައި މިވަގުތު ހުރިކަން ބޮލީވްޑްގެ ފަންނާނު ކެޓްރީނާ ކައިފް ހާމަކޮށްފިއެވެ.

މިއީ ކައިވެންޏަށް ފަހު ކެޓްރީނާ ގައުމުން ބޭރަށް ކުރާ ފުރަތަމަ ދަތުރެވެ. ކެޓްރީނާ އާއި ވިކީ ކޯޝަލް ކައިވެނި ކުރީ ޑިސެމްބަރ މަހުގެ 09 ވަނަ ދުވަހު އެވެ. ކައިވެންޏަށް ފަހު ހަނީމޫނަށް ދިއުމުގެ ބަދަލުގައި ދެތަރިން ވެސް ވަނީ ފިލްމީ މަސައްކަތްތައް ފަށާފައެވެ.

ކެޓްރީނާ ރާއްޖެ އައިއިރު ފިރިމީހާ ވިކީ ހުރީ އިންޑިއާގައެވެ. ކެޓްރީނާ ރާއްޖެ އައީ ޓީވީ އިސްތިހާރެއް ކުޅުމަށެވެ. ރާއްޖެ އައިސް އިންސްޓަގްރާމްގައި ޕޯސްޓްކުރި ފޮޓޯއެއްގައި ކެޓްރީނާ ވަނީ މިއީ އޭނާގެ "ހެޕީ ޕްލޭސް" ކަމަށް ބުނެފަ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެޓްރީނާ ދެތިން ދުވަހު ރާއްޖޭގައި މަޑުކުރާނެއެވެ.

ކެޓްރީނާ ރާއްޖެ އައިކަން އޭނާ އިންސްޓަގްރާމްގައި ކަށަވަރު ކޮށްދިން ނަމަވެސް އޭނާ ހުރި ރިސޯޓެއް ހާމަކޮށްފައެއް ނުވެއެވެ.

ކެޓްރީނާ އަކީ ވަރަށް ގިނައިން ރާއްޖެ އަށް އައިސްފައިވާ ފަންނާނެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ހާޕާސް ބާޒާރު މެގަޒިންގެ ޝޫޓަކަށް ވެސް ރާއްޖެ އައިސްފައެވެ. އަދި އޭގެ ފަހުން 2018، 2019 އަދި 2020 ގައި ވެސް އޭނާ ރާއްޖެ އައިސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާދަނު

    ތިޔަ އިސްތިހާރު މަވެސް ހަދައިދިނީމުސް ހަމަ ފްރީކޮށް

    10
  2. ސަބް

    މަންޒިލް ހާމަނުުކުރަނީ ފައިސާދީގެން އަންނާތީ.
    ހުރިތަނެއް އިނގޭ ގޮތަށް އެމީހުން ޕޯސްޓްކުރާނީ މުޅި ދަތުރު ހިލޭކޮށްދިނީމަ.

  3. ބޯގޯސް

    މިކޮއި މުސްކުޅިވީފަހުން އިންނާނެ މީހަކު ލިބުނީ. އިހައްދުވަހު މީހަކާ އިނދެފަ ފިރިސޮރާ ވަކިން ރާއްޖެއައުމުގައި ފޮރުވިފައިވާ ސިއްރެއް ވާނެ. އެސޮރަށް ވަރިހަމަދޯ.

    5
    5
    • ފުރީ

      އެންމެ ޒުވާންއިރު ނުއިނަކަސް އިދެގެން ކުރާ ކަންތައް ކުރެވެއޭ އެހެންވީމަ މިހާރުއިނުމެކޭ ވަކިތަފާތެއް ނުހުންނާނެ

      10
      3
  4. އަންހެނެއް

    އެމީހުންގެ ކެރިއާ ހުއްޓި ދާނެތި އަވަހަކައް މީހުންނަކާ ނީއްނާނެ ހަށިގަނޑު ހަޑިވެދާނެތީ ކުދިންނެއް ނުހޯދާނެ

    8
    1
  5. ނުބައި

    ރާއްޖޭގަ ސެޓް ފުރީ. ޓެކުސް ނަގަންޖެހޭ

    4
    1