އެމެރިކާގެ ފްލޮރިޑާގައި އަތް ނެތް މީހަކު އެޤައުމަށް އައި ފަތުރުވެރިއަކަށް ކަތުރަކުން ހަމަލާ ދިން ކަމުގެ ކުށުގައި ހައްޔަރުކޮށް ފިއެވެ. ހައްޔަރު ކޮށްފައި ވަނީ އުމުރުން 46 އަހަރުގެ ޖޮނާތަން ކްރެންޝާއެވެ.

އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހާ ހަމަލާދީފައިވަނީ ކޭސަރ ކޮރޮނާޑޯ ކިޔާ މީހަކަށެވެ. އަދި ހަމަލާ ދީފައިވަނީ ފައިންނެވެ. މިކަން ހިނގާފައިވަނީ މިޔާމީގެ ބީޗެއް ގައެެވެ.

މިޔާމީ ބީޗް ޕޮލިސް ޑިޕާޓްމެންޓްއިން ބުނެފައިވަނީ ފުލުހުންނަށް ކާސަރ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފައި އޮއްވާ ފެނުނު ކަމަށާއި އަދި ވަގުތުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ފުލުހުން ބުނެފައިވަނީ މިމައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި އަދި އުމުރުން 46 އަހަރުގެ ޖޮނާތަން ކްރެންޝާ ހައްޔަރު ކުރީ ކާސަރ ގެ ރަޙްމަތްތެރިއެއް ދިން ބަޔާނެއްގެ ސަބަބުން ކަމަށެވެ.

ކާސަރ ގެ ރަޙްމަތްތެރިޔާ ދިން ބަޔާނުގައި ބުނެފައިވަނީ ކާސަރއަށް މިމީހާ ހަމަލާދީފައިވަނީ ތަނަކަށް ދާނެ މަގު އެހުމުންނެވެ. ނަމަވެސް ޖޮނާތަން މިކަން ދޮގުކޮށް ބުނެފައިވަނީ މިމީހާ ހަމަލާދީފައިވަނީ ޖޮނާތަންއަށް ކާސަރ ހަމަލާދިނުމުން އެކަމުގެ ދިފާޢުގައި ކަމަށެވެ.

ޖޮނާތަންއަކީ ގިނަ ބައެއްގެ މެދުގައި މަޤްބޫލު ކުރެހުންތެރިއެކެވެ. އަތް ނެތުމުގެ ސަބަބުން ޖޮނާތަން ކުރަހަނީ ފައިންނެވެ.

ކިޔުންތެރިންގެ ހިޔާލު