"ޕަދްމާވަތް" ގެ އެންމެ މުޙިއްމު އަދި ގިނަބަޔަކަށް އެންމެ ކަމުދިޔަ، އެންމެ ގިނަ ބަޔެއްގެ ތައުރީފް ލިބުނު، ކުއީން ޕަދްމާވަތް (ދީޕިކާ) ގޭބަންދުގައި ހުރިކަމަށް ވާހަކަތަށް ފެރިއްޖެއެވެ.

ޚަބަރުތަށް ލިބޭގޮތުގައި ބެޑް ރެސްޓް ކުރަން ޑޮކްޓަރުން ދީޕިކާއަށް ލަފާދިނީ އޭނާގެ އުނަގަނޑުގައި މާބޮޑަށް ރިއްސާތީވެއެވެ. އޭނާގެ އުނަގަނޑުގައި ރިއްސަން މެދުވެރިވީ "ޕަދްމާވަތް" ގެ ޝޫޓިން ތެރެއިންނެވެ. އެކްޝަން މަންޒަރުތަކެއް ކުޅެގެން ނޫނީ ތަނަކަށް ވެއްޓި ތަދުވީއެއް ނޫނެވެ. ނަމަވެސް އެ ފިލްމްގައި އޭނާ އަޅަން ޖެހުނު ބޮޑެތި ހެދުންތަކާއި ގިނަ އަދަދެއްގެ ގަހަނާގެ ސަބަބުން ބަރުވެ އުނަގަނޑުގައި ރިއްސީއެވެ.

"ދީޕިކާއަށް ޑޮކްޓަރ ލަފާދީފަ އޮތީ ވީހާވެސް ބޮޑަށް ގޭގައި މަޑުކުރަން. އުނަގަނޑަށް ބުރަވާފަދަ އެއްވެސް ކަމެއް ނުކުރަން. އޭނާއަށް ފުންނާބު އުސް ފައިވާނަށްވެސް އެރުން މަނާ ކޮށްފާ އޮތީ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދީޕިކާ މަންމަވެސް ދީޕިކާ އާއި ބައްދަލުކުރަން އައި. އަދި ފަހުންވެސް އަންނާނެ. އެންމެ މަދު ވެގެންވެސް ސްޓޫޑިޔޯއާއި ދުރުގައި ދީޕިކާ އެއްމަސްދުވަހު އުޅެން ޖެހޭނެ" ދީޕިކާ އާއި ގާތްމީހަކު ބުންޔެވެ.

ދީޕިކާގެ އުނަގަނޑަށް އަރާފައިވާ ތަދުގެ ސަބަބުން އޭނާ ވަނީ އެތަށް އިވެންޓެއް ކެންސަލް ކޮށްފައެވެ. އޭގެ ތެރޭގައި ފެޝަން އިވެންޓަތަކާއި ބިއުޓީ އެވޯޑް ޝޯތަށް ހިމެނެއެވެ. އަދި ދީޕިކާ ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން އޭނާ އާއި އިރްފާން ޚާން ކުޅެން ހަމަޖެހިފައިވާ ފިލްމް ވެސް ވަނީ ކުޑަ ތަންކޮޅެއް ފަސްކޮށްލާފައެވެ.

ދީޕިކާ ޕަޑޫކޭ، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް ގެ "ޕަދްމާވަތް" އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހައިސަމް

  ގެޓް ވެލް ސޫން ޑިއްޕު.

 2. މޯ

  ކޮބާ އުނަގަނޑުގަ ރިއްސާތީ މި މީހުން އިޝްތިހާރުކުރާ މޮޅު ބޭސްތައް؟

 3. ނަޖްވާ

  އަވަސް ޝިފާއަކަށް އެދެން!

 4. ?

  "ޕަޑުކޭ"