މޮޑެލް ކުރުމަކީ ނުރައްކާތެރި ވަޒީފާއެއް ނޫނެވެ. ނަމަވެސް އެކަން ވެސް ކުރިއަށް އޮތްތަނުގައި ބަދަލުވެދާނެއެވެ. ކޮންމެ މީހަކު ވެސް ތަފާތު، މޮޅު ކަމެއް ކުރަން ބޭނުންވާތީއެވެ.
ކެން ކެފާ ނަމަކަށް ކިޔާ ފޮޓޯގްރާފަރަކު މިވަނީ ޒުވާން ރީތި އަންހެނުންތަކެއް ބޭނުންކޮށްގެން ކިނބުލަކާއި އެކު ފޮޓޯޝޫޓެއް ކުރިއަށް ގެންގޮސްފައެވެ.
މެކްސިކޯގެ ޗިންކޮރޯ ބޭންކް ނަމަކަށް ކިޔާ ކޯރެއްގެ ތެރޭގައި ކެންގެ އަނބިމީހާގެ އިތުރުން އިތުރު ދެއަންހެނުން ބޭނުންކޮށްގެން ފޮޓޯ ޝޫޓް ކުރިއަށް ގެންދިޔައިރު ހައެއްކަ ސެންޓިމީޓަރު ދުރުގައި ބޮޑު ކިނބުލެއް އޮތެވެ.
މޮޑެލުންގެ ހިމާޔަތުގައި ޑައިވަރުން ތިބެގެން ފޮޓޯޝޫޓް ކުރިއަށް ގެންދިޔަ ނަމަވެސް ކިނބޫގެ ހަމަލާއެއް ކޮންމެ ފަދަ ވަގުތެއްގައި ވެސް އެއިން މީހަކަށް އަމާޒުވުމުގެ ނުރައްކާ އޮތެވެ. ނަމަވެސް ނަސީބު ރަނގަޅު ކަމުން އެފަދަ ހާދިސާއެއް ދިމާނުވެ ފޮޓޯ ޝޫޓް ވަނީ ނިންމާލެވިފައެވެ.
ކިނބުލާއި އެކު މޮޑެލުން ކުރިއަށް ގެންދިޔަ ފޮޓޯތައް ވަރަށް ތަފާތުވެފައި ރީތި ކަމަށް ގިނަ މީހުން އެއްބަސްވެއެވެ. ނަމަވެސް އެފަދަ ބޮޑު ނުރައްކަލެއްގެ ތެރޭގައި ފޮޓޯ ނެގުމަކީ ކެން ކުރި ވަރަށް ގޯސް ކަމެއް ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.
ފޮޓޯ ޝޫޓްގައި ބައިވެރިވި ދެމޮޑެލުންނަށް ފައިސާ ދީގެން އެމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅީ މަޖުބޫރު ކަމެއް އޮވެގެން ކަމަށް ވެދާނެ ކަމަށް ބުނެ ވެސް ބައެއް ފަރާތްތަކުން ވަނީ ކެން އަށް ފާޑުކިޔާފައެވެ.
ތިޔަ ކެން ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުރީތީ މެކްސިކޯގެ ސަރުކާރުވެސް ކުށްވެރިވޭ. ފައިސާގެ ދަހިވެތިކަމާ މަޝްހޫރު ވުމުގެ ބޭނުމުގައި ތިޔަހުރީ ހަޤީޤަތުގައި ތިންމީހުން މަރާފަ. އެފަކީރުންގެ އުމުރުގައި އަދި ތަންކޮޅެއް އޮތީތީ ސަލާމަތްވެފަތިބީ. މަޑުމަޑުން އޮވެފައި ކިނބޫ ދޭ ކުއްލި ޙަމަލާއިން ސަލާމަތް ވެވޭނެ އެއްގޮތެއްވެސް ނޯންނާނެކަން ނޭނގޭނެ ކުޑަ ކުޑަކުއްޖަކުވެސް މިހާރަކު ނޫޅޭނެ.
ފަހު ޒަމާނުގެ އަލާމަތްތައް... އެހެންބަޔަކު އެކަން ކޮޕީކުރަންވީ؟؟!!!!
ކިނބޫކައިރީގަ ބުނެބަލަ ސަޅި ޕޯސްއެއް ޖައްސާލަން.ތަންމިނަށް އަނގަ ހުޅުވައިގެން ކާލަން އަންނަ ވައްތަރު ޕޯސްއެއް.އަންނާނެ ދުމެއްޖަހާފަ.