ރާއްޖޭގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ފިލްމް ކުޅުމާއި ދުރުގައި ހުއްޓަސް ވަރަށް ބޮޑަށް ފިލްމީ މަސައްކަތުގައި އުޅެއެވެ. އޭނާއަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ކުޅަދާނަ ބަތަލައެވެ. އެތައް ފިލްމެއްގައި މަސައްކަތްކޮށް އެތައް ބައެއްގެ ލޯބި ހޯދާފައި ވެއެވެ.

ނިއުމާ މިހާރު ފިލްމީ ކުޅުމާއި ދުރުގައި ހުރިކަމުގައިވިޔަސް މަޝްހޫރު އެކި ޕްރޮގްރާމްތަކަށް އޭނާ އަރައެވެ. އެގޮތުން ބައިސްކޯފްގެ ތުންތުން މަތިން ޕްރޮގްރާމްގައި އެތައް ވާހަކައެއް އޭނާ ދެއްކިއެވެ. ތުންތުން މަތިން އިވޭ އެތައް ވާހަކައަކަށް ޖަވާބުދެއެވެ.

އެގޮތުން ޕްރޮގްރާމްގެ ތެރެއިން ޕޯސްޓްތަކަށް ކޮށްފައި ހުރި ކޮމެންޓަކުން ނަގާފައިވާ ބައެއް ސުވާލުތައް ޝޯވގެ ހޯސްޓް ޝަހޫ ކޮށްފައިވާއިރު، އޭގެ ތެރެއިން ނިއުމާގެ ކައިވެންޏާއި ގުޅޭ ވާހަކައެއް ހިމެނެއެވެ. އެގޮތުން ވަރިވިކަން ނޭނގޭ ކަމަށާއި، އަަނެއްކާ އަޑުއިވުނީ ނިއުމާ މީހަކާއި އިނދެގެން އުޅޭކަން ކަމަށް ބުނެފައި ވެއެވެ. އަދި އަނެއްކާ ނިއުމާ ދެ ފިރިންނާ އިންނަނީތޯ ސުވާލުކޮށްފައި ވެއެވެ.

ނިއުމާ ބުނީ، އެ ކޮމެންޓް ކުރި މީހާއަށް މައުލޫމާތު ނޭނގޭ ކަމަށާއި، އޭނާގެ ކުރީގެ ކައިވެނި ރޫޅުނުތާ މިހާރު ނުވަ ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.

އެ ޕްރޮގްރާމްގައި ޝަހޫ ވަނީ ޓްރުތް އޯ ޑެއާ ސެގްމެންޓްގައި ނިއުމާއާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާއަކީ ކާކުކަމާއި ދެ މީހުން ދިމާވި ގޮތް އަހާފައެވެ. އެ ސުވާލަށް ނިއުމާ ޖަވާބުދޭން ފެށިއެވެ. އެގޮތުން ނިއުމާ ބުނީ ދެ މީހުންގެ ލޯބީގެ ގުޅުމުގައި މާބޮޑު ސްޓޯރީއެއް ނެތް ކަމަށާއި، ލޯބީގެ ގުޅުން ފެށުނީ ދެ މީހުން ދެމީހުންނަށްވެސް ކަމުގޮސްގެން ކަމަށެވެ.

އެކަމަކު އޭނާގެ ލޯބިވެރިޔާގެ ނަން ހާމަ ކުރަން ނިއުމާ ދެކޮޅު ހެދިއެވެ. އެހެންވެ ނިއުމާ ޖެހުނީ ޑެއާ އަށް ނަގާށެވެ.

މީގެ ކުރިންވެސް ނިއުމާ ވަނީ އޭނާގެ ލޯބިވެރިއެއް ހުންނަ ކަމަށް ބުނެފައެވެ. އަދި ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކަވެސް ހިއްސާ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. 13ވގ

    ނުބުންޏަސްހެޔޮ ސައުގުވެރިކަމެއްނެތް

    70
    2
    • ނިއުމާ

      ދެން ކަމާކަންފަށާ ތި ކޮމެންޓުކުރީއޯ؟

      8
      20
  2. ille

    މުސްކުޅި 🤣🤣🤣

    12
    1
  3. އެޑިޓް

    ލޯބި ބަހަމުން ބަހަމުން ގޮސް ހުސްވީމަ ދެން ކޮން ލޯތްބެތް އޮންނާނީ.. ދެން ސިއްރެއް ނޫން ކުރަން ވީ ( ހެހޮނުވާނެ މަތާރަންފިލާ ގަ ފޮރުވާފަ ބާއްވަ ތި ލޯބި )

    16
    1
  4. Anonymous

    ނުބުންޏަސް އެގޭ އިބިލީސް

    16
  5. ހުސޭނުބޭ

    ނާހަމަ ތެދެއް! ސްޕްރީމް ކޯޓުގެ އަމުރަކަށް ނޫނީ ތިކަން ފާޅުނުކުރާތި. ތިއީ ޤައުމީ ސަލާމަތާގުޅޭ ސިއްރެއް! ލޮލް

    22
  6. ޙެހެ

    ޢެއްވެސް މުހިއްމެއް ނޫންކާކުތޯ.ބަލާކައް..

    16
    2
  7. ޏަށިމް

    ޢެއީ ލަންކާ މީހެއް ނިއުމާއައްވެސް ރަގަޅައް ނަންކިޔަން ނޭގެނެ..އެމީހަކު ހޯދާކައްނޫޅެން

    19
    • ހުވަދޫ އަލިބެއްޔާ

      ހިތެއް މުސްކުޅި ނުވާނޭ ބުނެ އުޅެނީ ހަޤީޤަތްކަން މި މީހުން ތިބި ގޮތުން އެނގޭނެ..

      10
      1
  8. ޢަލީބެ

    ވެދާނެއެއްނު އެކަކަށްވުރެ ގިނަ މީހުން ތިބީކަމަށްވެސް. ވަކި ނަމެއް ނުބުނެވޭނެތާ

    10
  9. ނާނަ

    ނިއުމާގެ ލޯބިވެރިއަކީ ނިއުމާއާއި އެތައް އުމުރެއް ހަގު ކުއްޖެއް. ވަނަމަކަށް ކިޔަނީ ހަކޫބެ.

    11
  10. ނަޒީ

    ވަރަށް ފޫހި މީހެއް

    13
  11. ކޮލި

    އެއީ މިގަރުނުގަވާ ބޯޑު ސިއްރު ؟

    12
  12. ނުދަންނަ މީހާ

    ނަލިން ކިޔާ ލަންކާ މީހަކާ އިނދެގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ. އިނީ ލަންކާގައި ރާއްޖޭގައި ކައިވެނި ރެޖިސްޓްރީނުކޮށް.

    10
  13. ރާއްޓެ

    ތިކަހަމީހުން