ސްޕޭސް އެކްސް އިން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ލޯންޗުކުރި ތިން ވަނަ ދިގު މުއްދަތުގެ ދަތުރު ނިންމާލުމަށްފަހު އެސްޓްރޮނޯޓް ޓީމު ރައްކާތެރިކަމާ އެކު ދުނިޔޭގެ ބިމަށް އަތުވެއްޖެއެވެ.

އެމެރިކާގެ ނާސާގެ ތިން އެސްޓްރޮނޯޓުންނާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ)ގެ ކްރޫމޭޓެއް ގޮވައިގެން ދަތުރުކުރި ސްޕޭސް އެކްސް ކްރޫ ޑްރެގަން ކެޕްސޫލް، އައިއެސްއެސް އިން 23 ގަޑިއިރު ގެ އޮޓޮނޮމަސް ފްލައިޓް ގައި ޖައްވުގައި ހަމަހުގެ މިޝަނެއް ފުރިހަމަކޮށްފައިވާއިރު ފަޅުވެރިން އެނބުރި އައި އުޅަނދު ތިރިކުރީ ކަނޑަށެވެ.

ފާއިތުވި ހުކުރު ދުވަހުގެ މެންދަމު 12:45 ހާއިރު (ޖީއެމްޓީ ގަޑިން 04:45) ގައި މި ސްޕްލޭޝްޑައުން ލައިވްކޮށް ދައްކާފައިވާއިރު މިއީ ނާސާ-ސްޕޭސް އެކްސް ގުޅިގެން އުފެއްދި ވެބްކާސްޓެއްކަން ފާހަގަ ކުރެވެއެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އޯބިޓްގައި މަޑުކުރި އެންޑިއުރަންސް ކްރޫގައި ހިމެނެނީ އެމެރިކާގެ ސްޕޭސްފްލައިޓްގެ ތަޖުރިބާކާރު ޓޮމް މާޝްބަރން، 61، އާއި ފުރަތަމަ ފަހަރަށް ދަތުރުކުރި ތިން އެސްޓްރޮނޯޓުން ކަމަށްވާ ނާސާގެ ރާޖާ ޗާރީ، 44، އާއި ކައިލާން ބާރން، 34، އާއި އެ ދެ މީހުންގެ އީއެސްއޭގެ އެކުވެރިޔާ މެތިއަސް މައުރޭރް، 52، އެވެ.

ކްރޫ ކޮމްޕާޓްމަންޓުގެ އެތެރޭގެ ކެމެރާ ޝޮޓްތަކުން އެސްޓްރޮނޯޓުން ހެލްމެޓް އަޅައިގެން ހުދު ކުލައިގެ އަދި ކަޅު ކުލައިގެ ސްޕޭސްސޫޓްތައް ލައިގެން އެސްޓްރޮނޯޓުން އިށީނދެގެން ތިބޭ މަންޒަރު ފެނެއެވެ.

ގާތްގަނޑަކަށް ހަ މަސް ދުވަހަށްފަހު މި ހަތަރު އެސްޓްރޮނޯޓުންނަށް މިހާރު މިވަނީ ދުނިޔޭގެ ތާޒާ ވައިގެ ތެރޭގައި ނޭވާލުމުގެ ނަސީބު އަނބުރާ ލިބިފައެވެ.